ހެލްތު މިނިސްޓަރު ނާޒިމް.. ފޮޓޯ: ޕީއެންސީ
ހަބަރު
23 Mar 2026 | 09:16
އެމްޑީޕީގެ ސިޔާސަތުގައި ލިޔެވިފައި އޮތީ ހަމައެކަނި ވެރިކަން ހޯދުން: ނާޒިމް

ވެރިކަން ހޯދުން ފިޔަވައި އެހެންކަމެއް އިދިކޮޅު އެމްޑީޕީގެ ސިޔާސަތުގައި ނެތްކަމަށް މި ސަރުކާރުގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ހެންވޭރު ދެކުނު ދާއިރާ ކެމްޕެއިން ޖަގަހަ އިފްތިތާޙް ކުރުމުގެ ޙަފްލާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެމްޑީޕީގެ މަސައްކަތަކީ ހަމައެކަނި ވެރިކަން ހޯދުން ކަމަށެވެ. އެވެރިންގެ ސިޔާސަތުގައި އިތުރު އެހެންކަމެއް ނެތްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގައި ތިބެގެންވެސް މީހުން ޤައުމަށް ޚިދުމަތްކުރާ ކަމަށާއި، އެކަމަކު އިދިކޮޅު އެންމެބޮޑު ޕާޓީގެ ފަރާތުން އެކަމެއް ނުފެންނަ ކަމަށެވެ. 

މީހުން ވެރިކަން ކުރަނީ ޤައުމަށް ހިދުމަތްކުރުމުގެ ބޭނުމުގައި ކަމަށާއި، އެމްޑީޕީން މި ޤައުމުގެ ވެރިކަމާ ދެ ފަހަރެއްގެ މަތިން ހަވާލުވި ނަމަވެސް އެބޭފުޅުން އުޅުއްވީ ސަކަރާތްޖެހުމުގައި ކަމަށެވެ. އެގޮތުން ދެން އެ ފުރުސަތު އެގޮތަށް ދޫކޮށްލެވެން ނެތްކަމަށް ރޭގެ ހަފްލާގައި ނާޒިމް ވަނީ ވިދާޅުވެފައެވެ.

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެންމެ މުހިންމު ކަމަކީ ތަރައްޤީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ދާނެ ނިޒާމެއް އޮތުން. ސިޔާސީ ހަލަބޮލިކަމުގެ ތެރެއަކަށް، ސިޔާސީ ސަކަރާތް ޖެހުމުގެ ތެރެއަކަށް އަޅުގަނޑުމެންނަށް ޤައުމު ދޫކޮށްލެވޭކަށް ނެތް. ހަމައެއާއެކު މި ނިޒާމު މިގޮތަށް ކުރިއަށް ގެންދިއުމަށްޓަކާއި ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކަށައަޅުއްވާފައިވާ ސިޔާސަތުތަކާ އެކު އެމަނިކުފާނު އެކުލަވާލެއްވި ޓީމާ އެކު ކުރިއަށް ދިއުމުގެ ވިސްނުން އަޅުގަނޑުމެން އެބަ ގެންގުޅެން ޖެހޭ

މިނިސްޓަރު ޢަބްދުﷲ ނާޒިމް

މިނިސްޓަރު ނާޒިމް ވިދާޅުވީ ރައްޔިތުންނަށް ބަސްބުނުމުގެ މިނިވަންކަންދީ ބޮޑެތި ކަންކަމުގައި ގޮތް ނިންމުމުގައި ރައްޔިތުން އިސްކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ އެއް ކަންތައްކަމަށެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުން ގާތަށްގޮސް ފެންނަ ނުފެންނަ ވޯޓެއް ނަގަނީ މި ދެންނެވި ބީދައިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އިންތިހާބުތައް މަދުވުމަކީ ސިޔާސީ ލީޑަރުން ރައްޔިތުން ގާތަށް ދިއުން މަދުވުމާ ގުޅުންހުރި ކަމެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް މި ސަރުކާރުން އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކުގައިކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ވަޒީރުން ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރީ އިންތިހާބެއް ބޯމަތިވުމުން ނޫންކަން މިނިސްޓަރު ނާޒިމްގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.