ކުޅުދުއްފުށީގައި ޑީސެލް ބޭނުންނުކޮށް ފެން އުފެއްދުމުގެ ނިޒާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ތެރެއިން؛ ފޮޓޯ / އެމް.ޑަބްލިއު.އެސް.ސީ
ހަބަރު
23 Mar 2026 | 10:29
ކުޅުދުއްފުށީގައި ޑީސަލްއާ ނުލައި ފެން އުފައްދާ ނިޒާމު ނިމިއްޖެ

ހދ. ކުޅުދުއްފުށީގައި ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތައިން ފެން އުފެއްދުމަށް ޤާއިމުކުރި ނިޒާމުގެ އަމަލީ މަސައްކަތްތައް ނިމިއްޖެއެވެ. 

އެމްޑަބްލިޔުއެސްސީން ބުނި ގޮތުން، މި މަޝްރޫޢަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައިވެސް، މެދުނުކެނޑި ފެނުގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މި ނިޒާމު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ އުސޫލުންނެވެ.

އެ ކުންފުނިން 2025 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށީގައި މިހާރު ކުރިއަށްދަނީ ނިޒާމު އިފްތިތާހުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޓެސްޓިންގ މަރުހަލާތަކެވެ. މި މަސައްކަތްތައް ނިމުމާއެކު، އަންނަ އޭޕްރީލް މަހުން ފެށިގެން އެ ރަށުގައި ޑީސަލް ބޭނުންނުކޮށް މުޅި ރަށަށް ބޭނުންވާ މިންވަރަށް ފެން އުފެއްދުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

މި ނިޒާމު އޮޕަރޭޝަނަށް އައުމާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އަދި މިއީ ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ކުރާ ދަތުރުގައި ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށްވެސް ބުންޏެވެ

މި މަޝްރޫޢު ނިމުމާ ގުޅިގެން، މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ހުރިހާ ފަރާތްތަކަށާއި އެހީތެރިކަން ފޯރުކޮށްދިން މުއައްސަސާތަކަށް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.