އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރެއް
ހަބަރު
23 Mar 2026 | 12:33
ހެލިކޮޕްޓަރު ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު ޓްރާންސްޕޯޓު މިނިސްޓްރީން އަނެއްކާވެސް އިތުރުކޮށްފި އެވެ.

މި ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ތިންވަނަ އިއުލާނެއް ކުރީ މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު އެވެ. އެ އިއުލާނުގެ ސުންގަޑި 25 މާޗަށް ހަމަވާއިރު އެ މުއްދަތު ވަނީ 21 އޭޕްރީލްއަށް މިހާރު އިތުރުކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މުއްދަތު އިތުރުކުރީ މެދުއިރުމަތީގައި މިވަގުތު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން، ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ފަރާތްތަކުން އެދެމުންދާތީއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނުގައިވާގޮތުން، އެ މިނިސްޓްރީން ހޯދަމުންދަނީ ކޮމާޝަލް ފަސިންޖަރުންނަށް ދޭ ހިދުމަތުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް އިމަޖެންސީ މެޑިކަލް އިވެކުއޭޝަން އަދި ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހިންގާ ގޮތަށް މުޅި ރާއްޖެއަށް ދޭ ހިދުމަތެއްގެ ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެކެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން މި ހިދުމަތް ފަށާ ދުވަސްކޮޅު ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް މަހަކު 50 ގަޑިއިރުގެ ހިދުމަތް ސަރުކާރަށް ހިލޭ ކޮށްދޭން ޖެހެ އެވެ.

އަދި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާތާ ތިން ވަނަ އަހަރުން ފެށިގެން މަހަކު 100 ގަޑިއިރާއި 120 ގަޑިއިރުގެ ހިދުމަތް ހިލޭ ކޮށްދޭން ޖެހެ އެވެ. މީގެ އިތުރުން އަގަކާއެކު ސާޗް އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭންޖެހެ އެވެ.

މި އެކަމަށް ހޮވޭ ކުންފުންޏަކަށް ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިވިޓީ 10 އަހަރަށް ލިބޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.