ރައީސް މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
24 Mar 2026 | 09:59
ޓީބީއާ ދެކޮޅަށް ކުރާ މަސައްކަތުގައި މުޖުތަމައުގެ ބައިވެރިވުން މުހިންމު: ރައީސް މުއިއްޒު

ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތުގައި ސިއްހީ ޚިދުމަތްތެރިންނާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. 

ދުނިޔޭގެ ޓީބީ ބަލީގެ ދުވަހުގެ މުނާސަބަތުގައި، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާ ހޯދޭ ބައްޔެއް ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުން އަދިވެސް މި ބަލީގެ ޝިކާރައަކަށް ވަމުންދާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.

އަދި މި ބަލި ނައްތާލުމަށްޓަކައި ކުރެވޭ މަސައްކަތުގައި ބަލި އަވަހަށް ދެނެގަތުމާއި، ވަރުގަދަ ސިއްހީ ނިޒާމެއް އޮތުމާއި، އަދި މުޅި މުޖުތަމައުގެ ފުރިހަމަ ބައިވެރިވުން ކޮންމެހެން ބޭނުންތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. 

ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ޓީބީ ޖެހޭ މިންވަރު މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި ބަލި އަވަހަށް ދެނެގަތުމަށްޓަކައި ޒަމާނީ ވަސީލަތްތައް ގާއިމުކުރުމާއި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމާއި، ހާއްސަކޮށް ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ބޭނުންވާ ފަރުވާ ކަށަވަރުކުރުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތުގައި ސިއްހީ ޚިދުމަތްތެރިންނާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ޓީބީއެއް ނެތް މުސްތަގުބަލަކަށް ވާސިލުވުމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ އަޒުމް އާކުރެއްވިއެވެ.

ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ސިއްހީ ދާއިރާގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ރާއްޖެއިން މި ބަލި އެއްކޮށް ނައްތާލުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.