ދިވެހި ހައްޖުވެރިން މިނާގެ ޓެންޓެއްގައި ނަމާދުކުރަނީ
ހަބަރު
24 Mar 2026 | 11:00
1447 ވަނަ އަހަރުގެ ޙައްޖު؛ މިނާގައި ދިވެހިންނަށް ޚާއްސަ ފާޚާނާތައް އިތުރުކޮށް ޙައްޖާޖީންނަށް ބޮޑެތި ލުއިތަކެއް

1447 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖާޖީންނަށް ލިބިދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. 

ޙައްޖު ކޯޕަރޭޝަންގެ ޑީއެމްޑީ ޢަލީ ޝަރީފް ވިދާޅުވި ގޮތުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދެނީ ޙައްޖާޖީން އެންމެ ގިނަ ވަގުތު ހޭދަކުރަންޖެހޭ މިނާގެ ޓެންޓުތަކުގެ އިންތިޒާމުތައް މިހާރަށްވުރެ ފުރިހަމަކޮށް، ޙައްޖާޖީންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ މަތީ ފަންތީގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މި އަހަރުގެ އިންތިޒާމުތައް މީގެ ކުރިން ދުވަހަކުވެސް ނުވާހާ ފުރިހަމަވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އޭގެ ތަފްސީލް ދެއްވަމުން ޝަރީފް ވިދާޅުވީ، މިނާގައި ދިވެހި ޙައްޖާޖީން ތިބޭ ސަރަޙައްދުގެ ފާޚާނާތަކަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 60 އަށްވުރެ ގިނަ ފާޚާނާގެ މަސައްކަތް ނިމިފައިވާއިރު، މި ފާޚާނާތަކަކީ ހަމައެކަނި ދިވެހި ޙައްޖާޖީންނަށް ޚާއްޞަ ކުރެވިފައިވާ ތަންތަން ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވިގޮތުގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކިން ފާޚާނާ ބަރިތައް ހުންނައިރު، ވުޟޫ ކުރުމަށްޓަކައި ފާޚާނާތަކުގެ ތެރޭގައި ވަކި ޚާއްޞަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. މިއީ ފާޚާނާ ބޭނުންކުރުމުގައި ދިމާވާ ކިއޫތައް ކުޑަކޮށް، ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމަށް އެޅި ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން 1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމާއި ގުޅޭގޮތުން އެކްސްގައި ދިން މައުލޫމާތު

ޙައްޖާޖީންގެ އަރާމާއި ފަސޭހައަށްޓަކައި ޓެންޓުތަކުގެ އެތެރެއާއި ބޭރުގެ މާޙައުލަށް ވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ޝަރީފް ވިދާޅުވީ، ޓެންޓުތަކުގެ ތެރޭގައި މިފަހަރު ބޭނުންކުރާ ސޯފާ ބެޑްތައް ފްލެޓް ބެޑްތަކަށް ބަދަލުކޮށް ނަމާދު ކުރެވޭނެ ގޮތް އިންތިޒާމު ކުރަން ނިންމައިފައިވާ ކަމަށެވެ. މީގެ އިތުރުން ޓެންޓުތަކުގެ ބޭރުގައި އިށީނދެލައިގެން ތިބެވޭނެ ބެންޗުތައް ބެހެއްޓުމާއި، އިރުގެ ދޯދިތަކުން ސަލާމަތްވުމަށްޓަކައި ބޭރުގައި ފުރާޅު އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވުއެވެ.

އަދި ޓެންޓުތައް ފިނިކުރުމަށްޓަކައި ޓެންޓުތަކުގެ އެތެރޭގައި އެންމެ ފަހުގެ އޭސީ ސިސްޓަމްތައް ވެސް މިހާރު ހަރުކުރަމުންކަންދާކަމަށްވެސް ވިދާޅުވިއެވެ. 

ކެއިންބުއިމުގެ އިންތިޒާމުތަކަށް ބަލާއިރު، މިފަހަރު ޓެންޓުތަކާ ކައިރީގައި ކެއްކޭނެ ވަސީލަތްތަކާއެކު ބަދިގެއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 24 ގަޑިއިރު ހިލޭ ބުއިންތައް ލިބޭނެ އިންތިޒާމު ވެސް ޓެންޓުތަކުގައި ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ޝަރީފް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު ވެސް ކުރީ އަހަރަށްވުރެ ޚިދުމަތްތައް ފުރިހަމަކުރުމެވެ. މިދިޔަ އަހަރު ހޮޓާތަކުގެ ފެންވަރު 4 ސްޓަރ އަށް ބަދަލުކޮށް، މިނާގައި ދިވެހިންނަށް ވަކި ޖާގައެއް ހޯދައިދިނުމުން ލިބުނު ކުރިއެރުމަށްފަހު، މި އަހަރުގެ އަމާޒަކީ ދިވެހި ޙައްޖާޖީންނަށް 'ލަގްޒަރީ' ފެންވަރެއްގެ ޚިދުމަތެއް މިނާގައި ފޯރުކޮށްދިނުމެވެ.

މި ހުރިހާ މަސައްކަތަކާއެކު 1447 ވަނަ އަހަރުގެ ޙައްޖު ދަތުރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމުތައް ރަނގަޅު ދަތުރަށް ވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.