މުހުތާޒް އަދި ސުއޫދު --
ހަބަރު
25 Mar 2026 | 17:36
ސުއޫދަށް މުހުތާޒުގެ ރައްދެއް: ރަޖިސްޓްރާއަށް ބާރުދިނީ އޭރުގެ ފަނޑިޔާރުން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަައި، މަޖިލީހުގެ އުމުރު ގުނާ އުސޫލަށް ބަދަލުގެނައުމަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބާތިލުކުރުމާއި ގުޅިގެން ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް މުހްތާޒް މުހުސިން ރައްދު ދެއްވައިފި އެވެ.

ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށައެޅުއްވި މައްސަލަ ބާތިލުކޮށްފައިވާކަން ސުޕްރީމް ކޯޓްގެ ރަޖިސްޓްރާ މިއަދު ވަނީ އަންގާފަ އެވެ. އެ ނިންމުމާއި ގުޅިގެން ސުއޫދު ވަނީ އަލީ ހުސައިންގެ ދައުވާ އަކީ ރިފަރެންޑަމްއަކަށް އަހަންޖެހޭ ކަމެއްގަ ފަނަރަ ދުވަސް ތެރޭގަ ބިލާމެދު ގޮތެއް ނުނިންމީމަ ބިލު ބާތިލުވާނެ ކަމަށް ކަނޑައަޅައިދިނުން ކަމަށާ ނަމަވެސް ސުޕްރީމް ކޯޓުން އަޑުއެހުމެއް ވެސް ނުބާއްވައި ނިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ސުއޫދު ވަނީ ދައުވާ ކުރާ މީހާގެ ވާހަކަ އަޑުއެހުމެއްނެތި ނިޔާ ކަނޑައެޅުމަކީ ގޯހެއް ނޫންތޯ ސުވާލު ކުރައްވާފަ އެވެ.

ސުއޫދުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ މުހުތާޒް ވިދާޅުވީ އެގޮތަށް ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައިވަނީ ސުއޫދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވިއިރު ކަމުގައި ވިދާޅުވެފަ އެވެ. އަދި ރަޖިސްޓްރާއަށް އެބާރު ދިނީ ވެސް އޭރުގެ ސްޕްރީމްކޯޓުން ކަމުގައި ވިދާޅުވި އެވެ.

"ރަޖިސްޓްރާގެ އެފަދަ ނިންމުންތައް ރަނގަޅު ކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ތެރޭގައި އުސްތާޛު ސުއޫދު ހިމެނޭ," މުހުތާޒް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.