މޯލްޑިވް ގޭހުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ތެރެއިން.. ފޮޓޯ: އެސްޓީއޯ
ހަބަރު
25 Mar 2026 | 20:40
ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފި

ކައްކާ ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފިނޭންސް މިނިސްޓަރު ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މާލެ ސަރަހައްދުގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށާފައިވާކަމަށެވެ. އެގޮތުން 1،500 ޓަނުގެ އާ ސްޓޯރޭޖެއް ގާއިމްކުރުމުެ މަސައްކަތް ކުރަން ފަށާފައިވައިރު، މިއީ ގޭހުގެ ދަތިކަން ކުރިމަތިވިޔަ ނުދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތް މިހާރު ޕްރޮކިޔުމަންޓްގައި އޮތްއިރު، މި މަސައްަތް ނިމުނުން ދެ މަސްދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ބޭނުންވާ ގޭސް ރައްކާކުރުމުގެ ގާބިލްކަން ލިބިގެންދާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެސްޓީއޯއިން މިހާރު މާލެ ސަރަހައްދުގައި ގޭސް ރައްކާކުރުމުގެ ކެޕޭސިޓީއަކީ 1،000 ޓަނެވެ. 

މިހާރު ނިމޭ ބޮޑު ޕްރޮޖެކްޓް ނިމުމާ އެކު ދެމަހާ ބައިގެ ސްޓޮކެއް ގެންގުޅެވޭނެ މާލެ ސަރަހައްދުގަ އެކަނި. އެހެންވީމަ އެއީ މިހާރަށް ބަލާއިރު އަޅުގަނޑުމެން މި ގޭހުގެ ދަތިކަން ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ފިލައިގެންދާނެ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ބޮޑުވެފައިވާއިރު، ރާއްޖޭގައި އަދި ގޭހުގެ އަގު ބޮޑުކޮށްފައެއް ނުވެއެވެ. ނަމަވެސް މި ފަހަކުން ދެ ފަހަރެއްގެ މަތިން ގޭސް ވިއްކާ މިންވަރު ވަރަށް މަދު ދުވަސްކޮޅަކަށް ލިމިޓްކުރިއެވެ. ނަމަވެސް މިހާރު އެއްވެސް ދަތިކަމެއްނެތި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ކައްކާ ގޭސް ލިބެއެވެ.

ރާއްޖޭގައި ދެ ޕާޓީއަކުން ގޭސް ވިއްކައެވެ. އެއީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހާއި، ވިލާ ގޭހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.