އަޒްލީނާގެ އާއިލާއިން އެދެނީ ފިލްމް "ލީނާ" ބޮއިކްޓްކުރުމަށް

09 Jul 2019 | 18:29

2001ވަނަ އަަހަރުގައި ވިޔަފާރިވެރިންގެ ޖަމްެއިއްޔާގެ އޮފީހުގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ދިވެހި ފިލްމް، ލީނާ އަށް އެ އާއިލާއިން އަދިވެސް ގަބޫލުނޫންކަމަށް އެ އާއިލާގެ މެންބަރަކު ބުނެފިއެވެ.

އަޒްލީނާއަށް ބޮޑުދައިތަ ކިޔާ ކުއްޖެއްކަމަށްވާ އައިފާާ ޝަރީފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ލީނާ ފިލްމަކީ އަޒްލީނާގެ މަރުގެ މައްޗަށް ބިނާވެގެންވާ ފިލްމެއް ނޫންކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އަދި ފިލްމްގެ ޑިރެކްޓަރ މުއާއާއި އާއިލާއާއި މެދު އެއްވެސް އެއްބަސްވުމެއް ނެތްކަމަށެވެ.

"އެއްވެސް ހުއްދައެއް ދީފައެއް ނުވާނެ"، އައިފާ ބުންޏެވެ.

އައިފާާ ބުނީ ލީނާ ފިލްމް ނުވަތަ ޑްރާމާ ހެދުމުގެ ވާހަކަ މީގެ ދެ އަހަރު ކުރިން ފެށިގެން ދެއްކި ދުވަހުން ފެށިގެން މި ފިލްމާއި އާއިލާއިން ދެކޮޅު ހަދާފައިވާނެ ކަމަށެވެ. ނަމަވެސް މި ފިލްމް ހުއްޓުވުމަށް އެއްވެސް ގާނޫނީ ހުއްޖަތެއް ނެތުމުން އެކަމާއިގެން ކުރިއަށް ނުދާން އާއިލާއިން ނިންމީ ކަމަށެވެ.

ނަމަވެސް އޭގެ މާނައަކީ އާއިލާއިން ލީނާ ފިލްމް ހެދުމާއި މެދު އެއްބަސްވުމެއް ނޫންކަމަށް އޭނާ ފާހަގަކުރިއެވެ.

އައިފާ އިތުރަށް ބުނީ އެ ފިލްމްގެ ޑިރެކްޓަރ މުއާ އަކީ ބުނާ ބަހުގައި ހިފަހައްޓާ ފަރާތެއް ނޫންކަމަށާއި އެގޮތުން އެ ފިލްމްގެ މަސައްކަތް ކުރިއަށް ނުގެންދާނެކަމަށްވެސް އާއިލާގެ ކިބައިން ވައުދުވި ކަމަށެވެ. އަދި އަޒްލީނާގެ އާއިލާއާއި އެކު އަންޑަސްޓޭންޑިންްގްެއެއް ވާކަަމަށްބުނެ ހަދަނީ ދޮގެއްކަމަށްވެސް އޭނާ ބުންޏެވެ.

އައިފާގެ ޕޯސްޓް ނިންމާލަމުން ވަނީ އޭނާ ލޯބިވާ ބޮޑުދައިތަގެ ހަނދާންތަކަށް އިހުތިރާމްކުރުމަށާއި ފަންނުވެރިކަމުގައިވެސް އުސޫލުތަކެއް ހުންނަންވާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް