އޮސްޓްރޭލިއާގެ ބޮޑު ވަޒީރު
ދުނިޔެ
30 Mar 2026 | 08:53
ތެލުގެ އަގު ހެޔޮކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ތެލުން ނަގާ ޓެކްސް ކުޑަކޮށްފި

އިރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއެކު، އޮސްޓްރޭލިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި އެ ގައުމުގެ ސަރުކާރުން ތެލުން ނަގާ ޓެކްސް ކުޑަކުރުމަށް ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒީ ވިދާޅުވީ، ޕެޓްރޯލާއި ޑީސަލުން ނަގާ އެކްސައިޒް ޑިއުޓީ ދެބައިކުޅަ އެއްބަޔަށް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި ބަދަލާއެކު ތެޔޮ ލިޓަރަކުން 26.3 ސެންޓް (0.18 ޑޮލަރު) ހެޔޮވާނެއެވެ. 

"އަޅުގަނޑުމެން މިއަދު ތެޔޮ އަގުހެޔޮ މިކުރަނީ އޮސްޓްރޭލިއާގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ތާށިކަމެއްގެ ތެރޭގައިކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ،" ބޮޑުވަޒީރު ވިދާޅުވިއެވެ.

މި ނިންމުމަށް އަންނަ ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށާއި، މި ލުއިތައް މަދުވެގެން ތިން މަސް ދުވަހުގެ މުއްދަތަށް ދެމިއޮންނާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

އޮސްޓްރޭލިއާގެ ޓްރެޜަރަރ ޖިމް ޗާމާސް ވިދާޅުވީ، މި ޓެކްސް ކުޑަކުރުމުގެ ސަބަބުން 65 ލިޓަރުގެ ތެޔޮ ޓޭންކަކުން ގާތްގަނޑަކަށް 19 އޮސްޓްރޭލިއަން ޑޮލަރު (13 ޑޮލަރު) އުނިވާނެ ކަމަށެވެ. މިއީ ދިރިއުޅުމުގެ ހަރަދުތަކަށް ލިބިގެންދާނެ ބޮޑު ލުޔެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިއީ ވަގުތަށް ބޭނުންތެރި، އަދި ޒިންމާދާރު ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން، ބަރު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ލުއިދިނުމަށްޓަކައި 'ހެވީ ވެހިކަލް ރޯޑް ޔޫސަރ ޗާޖު' ވެސް މި މުއްދަތަށް ސުމަކަށް ދަށްކުރުމަށް ވަނީ ނިންމާފައެވެ. މި ހުރިހާ ފިޔަވަޅުތަކަށް ސަރުކާރުން 2.55 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

ބޮޑުވަޒީރު އަލްބަނީޒީ އިތުރަށް ވިދާޅުވީ، އިރާނު ހަނގުރާމައިގެ މަގްސަދުތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ސާފު ޖަވާބުތަކެއް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ މަސްރަހު ފިނިވާން. މަސްރަހު ފިނިވުމަކީ ދުނިޔޭގެ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތް،" އޭނާ ވިދާޅުވިއެވެ.

މި ނިންމުންތައް ނިންމާފައިވަނީ އޮސްޓްރޭލިއާގެ ސްޓޭޓްތަކާއި ޓެރިޓަރީތަކުގެ ލީޑަރުންނާއެކު ބޭއްވި ނޭޝަނަލް ކެބިނެޓް ބައްދަލުވުމަކަށްފަހުގައެވެ. މި ބައްދަލުވުމުގައި ތެލުގެ ސަޕްލައި ކަށަވަރުކުރުމަށް ހަތަރު މަރުހަލާއެއްގެ އެކްޝަން ޕްލޭނަކަށް ވަނީ އެއްބަސްވެފައެވެ. އޮސްޓްރޭލިއާ މިހާރު އޮތީ މި ޕްލޭންގެ ދެވަނަ މަރުހަލާގައެވެ. ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެއްޖެނަމަ، ހަތަރުވަނަ މަރުހަލާގައި ތެޔޮ ކޮންޓްރޯލްކޮށްގެން ދޫކުރުން ނުވަތަ 'ރޭޝަނިންގް' އަށް ދާންޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ސަރުކާރުން ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.