ތަޖުރިބާކާރު ކުޅުންތެރިންނާއެކު ރާއްޖެ މިއަދު ޓިމޯ ލެސްޓޭއާ ދެކޮޅަށް
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ދިވެހިރާއްޖެ ޓިމޯ ލެސްޓޭއާ ދެކޮޅަށް ނިކުންނާނެއެވެ.
މިއަދުގެ މެޗަށް ރާއްޖޭގެ ޓީމް ނިކުންނަިއރު އެންމެ ފާހަގަކޮށްލެވެނީ ތަޖުރިބާކާރު ކުޅުންތެރިން ޓީމްގައި ހިމެނުމެވެ. ރާއްޖޭގެ ކޯޗް އިސްޓަވާން އުރުބާނީ ވަނީ މިއަދުގެ މެޗަށް ނިކުންނަ ޓީމްގެ ސްކޮޑްގައި ގިނަދުވަސްތަކެއް ވަންދެން ޓީމާ ދުރުގައި ތިބި ބައެއް ކުޅުންތެރިން ހިމަނާފައެވެ.މީގެ ތެރޭގައި އެންމެ ފާަހަގަކޮށްލެވެނީ އަލީ އަސްފާގް އެވެ.
މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ކޯޗް ބުނެފައިވަނީ ތަޖުރިބާކާރު ކުޅުންތެރިން މެޗްގައި ހިމެނީ ޒުވާން ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ފަރާތުން ފައިދާތަކެއް ހޯދައިދިނުމަށް ކަމަށެވެ. ކޯޗް އުރުބާނީ ޤައުމީޓީމުގައި މިފަހަރު ހިމެނި ކުޅުންތެރިންނަކީ މީގެ ކުރިން އޭނާ އާއެކު މަސައްކަތްކުރި ކުޅުންތެރިންނެވެ.
މިއަދުގެ މެޗަށް ނިކުތުމުގެ ކުރިން ޓީމޯ ލެސްތޭގެ ކޯޗް ހޯސޭ ޕެޑްރޯ ވަނީ މެޗް އެއްވަރުކޮށްގެން ނަމަވެސް ޕޮއިންޓެއް ހޯދުން މުހިންމު ކަމަށް ބުނެފައެވެ. އެގޮތުން އެންމެ މުހިންމީ ތިން ޕޮއިންޓް ހޯދުން ނަަމަވެސް މެޗްގެ އޮއިވަރު ހުންނަ ގޮތަކުން ޕްލޭން ބަދަލުކުރަން ޖެހިދާނޭކަމަށް ކޯޗް ބުންޏެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ދިވެހިރާއްޖެ ޓިމޯ ލެސްޓޭ ބައްދަލުކުރާ މެޗް ފަށާނީ 15:30 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists