އެމްއެންޔޫގެ ވައިސްޗާންސެލާ --
ހަބަރު
31 Mar 2026 | 18:22
ތެރަޕިއުޓިކާއި ރިހެބިލިޓޭޝަން ފަރުވާއަށް މީހުން ތަމްރީންކުރަން 250 ސްކޮލަރޝިޕް

ތެރަޕިއުޓިކާއި ރިހެބިލިޓޭޝަން ފަރުވާއަށް މީހުން ތަމްރީންކުރަން 250 ސްކޮލަރޝިޕަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ތެރަޕިއުޓިކާއި ރިހެބިލިޓޭޝަން ފަރުވާއަށް ވުޒާރާއިން މިއަދު ހުޅުވާލީ ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމަށެވެ. ރާއްޖެއިން ބޭރުން ކިޔަވަން ފުރުޞަތު ހުޅުވާލީ، ޗައިނާއާއި ފިލިޕީންސްއާއި ތައިލޭންޑާއި މެލޭޝިއާއާއި އިންޑޮނޭޝިއާއާއި ވިއެޓްނާމާއި ސައުދީ އަރަބިއާއާއި ގަތަރާއި ޖޯޑަންއާއި ތުރުކީއާއި ރަޝިޔާއާއި ޗެކް ރިޕަބްލިކާއި ބެލަރުސްއާއި ސައުތް އެފްރިކާއާއި މިސްރުގެ އިތުރުން ފިޖީ އިން ނެވެ. 

ތެރަޕިއުޓިކާއި ރިހެބިލިޓޭޝަން ޕްރޮފެޝަނަލްސް ސްކޮލަރޝިޕް ދެނީ ހަތް ދާއިރާއަކުން ނެވެ.

ތެރަޕިއުޓިކާއި ރިހެބިލިޓޭޝަން ޕްރޮފެޝަނަލްސް ސްކޮލަރޝިޕް ދޭ ދާއިރާތައް:

* ސައިކޮލޮޖީން ރާއްޖޭގައި ބެޗުލަރސް ޑިގްރީ ހަދަން 30 ފުރުޞަތު އަދި މާސްޓަރސް ޑިގްރީ ހަދަން 20 ފުރުޞަތު

* ކައުންސިލިން / ބިހޭވިއަރ ތެރަޕީ ރާއްޖޭގައި ހަދަން 30 ފުރުޞަތު

* އޮކިއުޕޭޝަނަލް ތެރަޕީން ރާއްޖޭގައި ޑިގްރީ ހަދަން 30 ފުރުޞަތު، ރާއްޖެއިން ބޭރުގައި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރުމަށް 30 ފުރުޞަތު

* ރާއްޖޭގައި ސްޕީޗް ތެރަޕީން ބެޗުލަރސް ޑިގްރީ ހަދަން 30 ފުރުޞަތު، ރާއްޖެއިން ބޭރުގައި ބެޗުލަރސް ޑިގްރީ ފުރިހަމަ ކުރުމަށް 30 ފުރުޞަތު އަދި ރާއްޖެއިން ބޭރުގައި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރުމަށް 30 ފުރުޞަތު 

* ބިހޭވިއަރ އެނަލިސިސް / ބިހޭވިއަރ ތެރަޕީން މާސްޓަރސް ޑިގްރީ ރާއްޖެއިން ބޭރުން ފުރިހަމަ ކުރުމަށް 20 ފުރުޞަތު

މި ސްކޮލަރޝިޕްތަކަށް އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ 1:30ގެ ކުރިން އެޕްލިކޭޝަން ހުށައަޅަން ޖެހެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.