ބިންހެލުން އައި ސަރަހައްދު
ދުނިޔެ
02 Apr 2026 | 09:02
އިންޑޮނޭޝިއާ ކައިރިއަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް

އިންޑޮނޭޝިއާގެ އުތުރު މޮލުކާ ކަނޑުގެ ސަރަހައްދަށް، ޚާއްޞަކޮށް ޓަރނޭޓް ސިޓީގެ އައްސޭރިފަށާ ކައިރިއަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ހާދިސާގައި މިހާތަނަށް އެކަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު މިހާރު ވަނީ އުވާލާފައެވެ.

އަދި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. 

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނި ގޮތުގައި، މިއަދު ނއައި މި ބިންހެލުން އެންމެ ފުރަތަމަ ރެކޯޑުކުރެވުނީ 7.8 ގެ ބާރުމިނުގައެވެ. ނަމަވެސް ފަހުން އެއީ 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ބިންހެލުން އައިސްފައިވަނީ ބިމުގެ 35 ކިލޯމީޓަރު (22 މޭލު) އަޑިންނެވެ. ބިންހެލުމުގެ މަރުކަޒު ހުރީ އުތުރު މަލުކޫ ޕްރޮވިންސްގެ ޓަރނޭޓް ސިޓީއާ ގާތްގަނޑަކަށް 120 ކިލޯމީޓަރު (75 މޭލު) ދުރުގައެވެ.

މި ބިންހެލުމާ ގުޅިގެން ޓަރނޭޓް އަދި ޓިޑޯރ ފަދަ ސިޓީތަކުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް ތައްޔާރުވުމަށް އިރުޝާދު ދީފައެވެ. އިންޑޮނޭޝިއާގެ މީޑިއާތަކުން ދައްކާފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި ބައެއް އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އުތުރު ސުލަވެސީ ޕްރޮވިންސްގެ މަނާޑޯ ސިޓީގައި އިމާރާތެއް ވެއްޓުމުގެ ސަބަބުން އެކަކު މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސާޗް އެންޑް ރެސްކިއު އޮފިޝަލަކު ވަނީ އޭއެފްޕީ ނިއުސް އެޖެންސީއަށް ކަށަވަރުކޮށްދީފައެވެ. "މަނާޑޯ ސަރަހައްދަށް ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކުރި. އިމާރާތެއްގެ ދަށުވެގެން އެކަކު މަރުވެފައިވާއިރު، އިތުރު މީހެއްގެ ފަޔަށް ވަނީ އަނިޔާވެފައި،" އޮފިޝަލް ޖޯޖް ލިއޯ މާސީ ރަންޑަންގް ވިދާޅުވިއެވެ.

ބިންހެލުމާ ގުޅިގެން ހަވާއީގައި ހުންނަ ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރު  އިން އެންމެ ފުރަތަމަ އިންޒާރު ދިނީ ބިންހެލުން އައި ސަރަހައްދުން ފެށިގެން 1،000 ކިލޯމީޓަރުގެ ރޭޑިއަސްއެއްގައި ހިމެނޭ އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށަށް ނުރައްކާތެރި ސުނާމީއެއް އެރުމުގެ ފުރުސަތު އޮތް ކަމަށެވެ.

އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް އެޖެންސީއިން ބުނި ގޮތުގައި، ބިންހެލުން އައިތާ ބައިގަޑިއިރެއްހާއިރު ތެރޭގައި އުތުރު މިނަހާސާ ސަރަހައްދަށް 75 ސެންޓިމީޓަރުގެ ރާޅު އަދި ބިޓުންގް ސަރަހައްދަށް 20 ސެންޓިމީޓަރުގެ ރާޅު ވަނީ އަރާފައެވެ. މީގެ އިތުރުން އުތުރު މަލުކޫ ޕްރޮވިންސަށް 30 ސެންޓިމީޓަރުގެ ރާޅު އަރާފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ.

ނަމަވެސް، ބިންހެލުން އައިތާ ދެ ގަޑިއިރު ފަހުން ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ވަނީ ސުނާމީގެ ނުރައްކާ މިހާރު ފާއިތުވެފައިވާ ކަމަށް ބުނެ އިންޒާރު އުވާލާފައެވެ.

އިންޑޮނޭޝިއާއަކީ ދުނިޔޭގެ "ޕެސިފިކް ރިންގް އޮފް ފަޔަރ" ގައި އޮންނަ ގައުމަކަށް ވުމުން، އެ ގައުމަކީ އާންމުކޮށް ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ހިނގާ ސަރަހައްދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.