އަހުމަދު މުހައްމަދު
ހަބަރު
05 Apr 2026 | 09:38
ރައްޔިތުން "ނޫނެކޭ" ބުނީ އިސްލާޙީ ބަދަލުތަކާ ދެކޮޅަކަށް ނޫން: އަޙުމަދު މުޙައްމަދު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އިއްޔެ ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ”ނޫނެކޭ“ ބުނީ އިސްލާހީ ބަދަލުތަކަށް ނޫން ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު ފެންނަ ނުފެންނަ ވޯޓުގައި ބޮޑު ތަފާތަކާއެކު ކުރި ހޯދީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ނިންމި ނިންމުމެވެ.

އެކަމާ ގުޅިގެން އަހުމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން "ނޫނެކޭ" ބުނެ ނިންމި ނިންމުމަކީ، އިސްލާޙީ ބަދަލުތަކާ ދެކޮޅަށް ދިން ވޯޓެއް ނޫން ކަމަށެވެ. އެހެނެއް ކަމަކު އެއީ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީކުރުވުން އިތުރުކުރެވޭނެ ފަދަ ބަދަލުތަކަށް އެދި ރައްޔިތުން ގޮވާލި ގޮވާލުމެކެވެ.

އަދި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ މުހިންމުކަމާއި، ސަރުކާރު ޖަވާބުދާރީކުރުވުމުގައި މަޖިލީހުގެ ދައުރު ހަރުދަނާކުރުމަށް ރައްޔިތުން އެދޭކަން މި ނިންމުމުން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުރިހަމަ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު ސިފައަކީ، އިންތިޚާބުތަކުގެ މެދުގައި ހޭދަވާ މުއްދަތުގައި ވެސް ޒިންމާދާރުކަމާއެކު ކަންކަން ހިނގަމުންދިއުމާއި ޖަވާބުދާރީކުރުވުމުގެ ނިޒާމު ވަރުގަދަކޮށް އޮތުން،" އަޙުމަދު މުޙައްމަދު ލިޔުއްވާފައިވެއެވެ.

މިއާއެކު އޭނާ ވަނީ ޤައުމީ ފެންވަރުގެ މި ނިންމުމުގައި ބައިވެރިވެ، ބަސްބުނި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމުން ޚަރަދު ކުޑަވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މީގެ ކުރިން އޭނާ ވިދާޅުވީ، ދެ އިންތިޚާބު އެއްކުރިޔަސް މުވައްޒަފުންނާއި އިދާރީ އިންތިޒާމުތައް މަދު ނުވާނެ ކަމަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިކަމުން ސަލާމަތް ކުރެވެނީ ޖުމްލަ ޚަރަދުގެ ހަތަރުބައިކުޅަ އެއްބައި ކަމަށްވާ ގާތްގަނޑަކަށް 40 މިލިއަން ރުފިޔާއެވެ. މިއީ ފަސް އަހަރަށް ބަހާލުމުން އަހަރަކަށް 8 މިލިއަން ރުފިޔާ ކަމަށާއި، ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލަކަށް ޖެހެނީ އެންމެ ފަސްލާރި ކަމަށް އޭނާ ހިސާބުތަކުން ދެއްކެވިއެވެ.

އަޙުމަދު މުޙައްމަދު އިތުރަށް ވިދާޅުވީ، އެކަން ކުރުމުން އިޤްތިޞާދީ ގޮތުން ބޮޑު ޚަރަދެއް ސަލާމަތްކުރެވޭނެ ކަމަށް ބުނާ ވާހަކައަކީ "ބުހުތާނު ދޮގެއް" ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ބަދަލުން މަންފާ ކުރަނީ ރައްޔިތުންނަކަށް ނޫނެވެ؛ އޭގެ ބަދަލުގައި ފައިދާ ވަނީ ސިޔާސީ މީހުންނަށެވެ. އެއީ ވޯޓު ގަތުމަށާއި އެހެނިހެން ކަންކަމަށް ރައްޔިތުންގެ ގާތަށް ދެފަހަރު ދިއުމުގެ ބަދަލުގައި އެއްފަހަރު ދާންޖެހޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުން މިކަމަށް ތާއީދުކުރީ އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި ކަމަށާއި، ރައްޔިތުންނަށް މަންފާވާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަޤީޤަތް ފޮރުވުމަށް ދައްކާ ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ސަފީރު
އަޙްމަދު މުޙައްމަދު ދެއްކެވި 5 ލާރީގެ ވާހަކައަކީ، ރައްޔިތުން ބަލައިގަތް މުހިންމު ވާހަކައެެއް، އާޒިމާމެންނަކަށް އެކަމުގައި ރަނގަޅު ހުއްޖަތެއް ނުދެއްކޭމެ
05 Apr 2026
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.