އުކުޅަހުގެ ކާމިޔާބީ ފާހަގަކުރުން-
ހަބަރު
06 Apr 2026 | 10:13
ޕީއެންސީއަށް އުކުޅަހުން ލިބުނު ތާރީޚީ ކާމިޔާބީ ހަވަޔާއެކު ކުލަގަދަކޮށް ފާހަގަކޮށްފި

ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އއ. އުކުޅަހުން ޕީއެންސީއަށް ތިބުނު ތާރީޚީ ކާމިޔާބީ ހަވަޔާއެކު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ އުކުޅަހުގައި މީގެ ކުރިން އަބަދުވެސް ކައުންސިލް މެޖޯރިޓީ ނަގަނީ އެމްޑީޕީންނެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުތަކުގައި އުކުޅަހުންވަނީ އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ވެރިކަންކުރާ ޕީއެންސީއަށް ދީފައެވެ. 

އެކަން ފާހަގަކުރަން ރޭ އުކުޅަހުގައި ބޭއްވި ކުލަގަދަ ހަފްލާގައި، ކޭކުފަޅައި، ހަވާ އަރުވައި އުކުޅަހުގެ ޕީއެންސީ މެންބަރުންނަށް ބޮޑު ޖާފަތެއްވެސް ދީފައިވެއެވެ. އެ ރަސްމިއްޔާތުގައި އުކުޅަހަށް ނިސްބަތްވެވަޑައިގަންނަވާ ކުޅިވަރާބެހޭ ވަޒީރު އަބްދުالله ރާފިޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މި އިންތިހާބުގެ ނަތީޖާތަކަށް ބަލާއިރު، އެމްޑީޕީގެ ޓިކެޓުގައި ހަތަރު ވަނަ ދައުރަކަށް ކައުންސިލް ރައީސް ކަމަށް ވާދަކުރެއްވި މިހާރުގެ ވެސް ރައީސް ޝައުކަތަށް ލިބިވަޑައިގަތީ 307 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓު އަލީ ވަހީދު މި ގޮނޑި ކާމިޔާބު ކުރެއްވީ 380 ވޯޓާއެކުގައެވެ.

މިއާއެކު 390 ވޯޓާއެކު ކައުންސިލް މެންބަރު ކަމުގެ ގޮނޑި ޕީއެންސީގެ މުހައްމަދު ޝަފްރާޒް ކާމިޔާބުކުރެއްވިއިރު، އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ މުހައްމަދު ހުސްނީއަށް ލިބިވަޑައިގަތީ 282 ވޯޓެވެ.

މީގެ އިތުރުން، އެމްޑީޕީ ފާތުމަތު ރަނިއްޔާއާ ވާދަކޮށް 347 ވޯޓާއެކު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ އައިމިނަތު ޒޫނާއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވެސް ޕީއެންސީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން އެ ކޮމިޓީގެ ރައީސަކަށް އިންތިހާބުވީ ޕީއެންސީގެ ސަޖިއްޔާ ސާޖިދު ސައީދެވެ. އަދި މި ކޮމިޓީގެ މެންބަރު ކަމަށް އިންތިހާބުވީ ޕީއެންސީގެ ބަސީރާ އަހުމަދާއި އެމްޑީޕީގެ ޝަޖުނާ މުހައްމަދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.