އެމްޑީޕީގެ ރައީސް ޝާހިދު --
ހަބަރު
06 Apr 2026 | 21:13
އެއް ފަހަރު ބޮނޑި ބޮވިއްޖެ، ބައިބާންވާން ދެން ފުރުސަތު ނުދެމާ: ޝާހިދު

އެމްޑީޕީ ބައިބައިވާން ދެން އެއްވެސް ފުރުސަތެއް ނުދިނުމަށް އެެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަން ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމުމުން މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ކާމިޔާބު ލިބުނީ އަމިއްލަ މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އާންމުން މެންބަރުންްގެ އެދުމަކީ ޕާޓީ ބައިބައިނުވެ ކުރިއަށް ދިއުން ކަމުގައި ޝާހީދު ވިދާޅުވި އެވެ.

"ދެ ރައީސުން [ރައީސް ސޯލިހާއި ރައީސް ނަޝީދު] ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުން އެއީ ޕާޓީގެ މެންބަރުންނަށާއި ޕާޓީއަށް ތާއީދުކޮށް ވޯޓް ދިން މީހުން މި ޕާޓީއަށް އިތުބާރުކުރާނެ ހަމައެކަނި ގޮތަކީ," ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އެއް ފަހަރު "ބޮނޑި ބޮވިއްޖެ" ކަމުގައި ވިދާޅުވެ ދެން އެކަން ތަކުރާރު ނުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. ޝާހިދު އެ އިޝާރާތް ކުރައްވަނީ ކުރީން އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވެ ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދި އުފެއްދުމަށެވެ. އެކަމާއި ގުޅިގެން އެމްޑީޕީއަށް އިންތިހާބުން ނާކާމިޔާބުވެ ދެވަނަ ދައުރެެއް ގެއްލުނެވެ.

ކޮމެންޓް
ސުމާ
ޝާހިދު އަޑީގަހުރެގެން އެކަން ކޮށްފަ ކީކޭ ތިކިޔަނީ.ރިޔާސީ ޓިކެޓް ކަލެޔަކަށް ނުދޭނެ.
06 Apr 2026
ސަލީމާ
ބައިބައިވެއްޖެ.
06 Apr 2026
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.