ރަސްފަންނު މަރާމާތު ފަށަނީ، މާދަމާއިން ފެށިގެން ބަންދު

ރަސްފަންނު ސަރަހައްދު -- ފޮޓޯ: ވޮއިސް

ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފި އެވެ.

އެ މިނިސްޓްރީން މިރޭ ބުނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން، މި މަސައްކަތް ހިނގާ މުއްދަތުގައި، މަސައްކަތް ކުރިއަށް ގެންދާ ސަރަޙައްދުތައް ވަގުތީގޮތުން ބަންދު ކުރަމުންދާނެ ކަމަށެވެ.

ރަސްފަންނު ސަރަހައްދަކީ ވަަރަށް ގިނަ ބަޔަކު މޫދަށް އެރުމާއި ހިތް ފަސޭހަ ކޮށްލުމަށް ގޮސް އުޅޭ ސަރަހައްދެކެވެ. ނަމަވެސް އެ ސަރަހައްދު މިހާރު އޮތީ ވަރަށް ބޮޑަށް މަރާމާތަށް ބޭނުން ވެފަ އެެވެ.

ކޮމެންޓް