ހަބަރު
12 Apr 2026 | 16:03
ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ އޮފީސް ޢިމާރާތަށް ޚާއްޞަ ވެބްސައިޓެއް އިފްތިތާޙުކޮށްފި

ދ. ކުޑަހުވަދޫގައި ދީނީ، އިޖުތިމާޢީ އަދި ޢިލްމީ ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ޔުނައިޓެޑު އިސްލާމިކް ސޮސައިޓީ (ޔޫ.އައި.އެސް) އިން އަޅާ އައު އޮފީސް ޢިމާރާތުގެ މަސައްކަތަށް ޚާއްޞަ ވެބްސައިޓެއް އިފްތިތާޙުކޮށްފިއެވެ.

މި ވެބްސައިޓު އިފްތިތާޙު ކޮށްދެއްވާފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) ގެ ޗެއާމަން އަޙްމަދު އިޤްބާލް އަދި ޑިރެކްޓަރު އަޒުހަދު އަޙްމަދެވެ. މި ވެބްސައިޓުގެ ބޭނުމަކީ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް އާންމުންނަށް ދެއްކުމާއި، މި ޚައިރާތު މަސައްކަތުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ކުޑަހުވަދޫ ކައުންސިލުން ޖަމްޢިއްޔާތަކަށް ދޫކުރާ ބިންތަކަށް ޕްރޮޕޯސަލް ހުށަހަޅައިގެން ލިބުނު ބިމުގައި ބިނާކުރާ މި ޢިމާރާތަކީ ދެ ބުރީގެ ޢިމާރާތެކެވެ. މި ޢިމާރާތް ފަރުމާކުރެވިފައިވަނީ ޒަމާނީ 2 ކުލާސް ރޫމަކާއި، ސްޓޫޑިއޯއެއްގެ އިތުރުން އިދާރީ މަސައްކަތްތަކާއި ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމުތަކާއެކުގައެވެ.

މި ޢިމާރާތަކީ "ޞަދަޤަ ޖާރިއާ" އެއްގެ ގޮތުގައި ކުރިއަށްގެންދާ ވަޤުފް މަޝްރޫޢެކެވެ. މި މަސައްކަތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން އަކަފޫޓަކަށް 1320 ރުފިޔާ އިންވެސްޓް ކުރުމުގެ ފުރުޞަތުގެ އިތުރުން، އެއަށްވުރެ މަދުން ވެސް ޞަދަޤާތްކޮށް މި އިމާރާތް އެޅުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ޔުނައިޓެޑު އިސްލާމިކް ސޮސައިޓީން ހާމަކުރި ގޮތުގައި، މި އައު އޮފީސް ޢިމާރާތުގެ ސަބަބުން ކުޑަހުވަދޫގައި އެ ޖަމްޢިއްޔާއިން ކުރަމުން އަންނަ ދީނީ އަދި އިޖުތިމާޢީ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބި، ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. މިއީ މުޅި ރަށަށް ވެސް އޭގެ ފައިދާ ކުރާނެ މުހިންމު ބިނާއެއް ކަމަށް އެ ޖަމްޢިއްޔާއިން ދެކެއެވެ.

މިފަދަ ދެމިގެންވާ ޞަދަޤާތެއްގެ މަސައްކަތުގައި ބައިވެރިވުމަކީ އާޚިރަތަށްޓަކައި ކުރެވޭނެ އަގުހުރި އިންވެސްޓްމަންޓެއްކަން ފާހަގަކޮށް، ވީހާވެސް ގިނަ ފަރާތްތަކުން މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަމްޢިއްޔާއިން ވަނީ އެދިފައެވެ. އަލަށް އިފްތިތާޙު ކުރި ވެބްސައިޓު މެދުވެރިކޮށް، މަސައްކަތް ކުރިއަށްދާ މިންވަރުގެ ތަފްޞީލުތައް ކޮންމެ ވަގުތަކުވެސް ބަލާލެވޭނެއެވެ.

ވެބްސައިޓުގެ ލިންކް:

https://www.unitedislamicsociety.org/waqf

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.