ހިޔާ ޓަވަރަކުން ކަރަންޓް ކެނޑިފައި... ފޮޓޯ: ވޮއިސް
ހަބަރު
12 Apr 2026 | 21:31
ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑުނީ މައި ކޭބަލަކަށް ގެއްލުންވުމުން: ސްޓެލްކޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން މިއަދު ހަވީރުން ފެށިގެން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވީ ދެވަނަ ފިޔަވައްސަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ކޭބަލްތަކުގެ ތެރެއިން މައި ކޭބަލަކަށް ގެއްލުންވުމުންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު ހަވީރު ހަތަރެއްގެ ފަހުން ހުޅުމާލެ ފޭސް ދޭއްގެ ބައެއް ޓަވަރުތަކުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. ބައެއް ޓަވަރުތަކުން ދެފަހަރެއްގެ މަތިން ކަރަންޓް ގޮސްފައިވާއިރު، އަނެއްބައި ޓަވަރުތަކަށް ކަރަންޓް ފޯރުކޮށްދިނުމުގައި އަދިވެސް މައްސަލަތަކެއް ކުރިމަތިވަމުން ދާކަމަށް ސްޓެލްކޯއިން ބުންޏެވެ. ކަރަންޓް ކަނޑައިގެން ދިޔަ ޓަވަރުތަކުގެ ތެރޭގައި ވިނަރެސް އަދި ހިޔާގެ ޓަވަރުތައް ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން ސްޓެލްކޯއިން މިރޭ ބުނެފައިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ. މި ކޭބަލަށް ގެއްލުން ލިބިފައިވަނީ، ކޮނުމުގެ މަސައްކަތުގެ ތެރެއިންކަމަށް ބެލެވޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ، މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށެވެ. ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މިހާރުވެސް ދަނީ ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސްޓެލްކޯއިން ބުނީ ޚިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، އެ ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 

ކޮނުމުގެ ތެރެއިން ކަރަންޓް ކޭބަލަށް ގެއްލުންވެ ކަރަންޓް ކެނޑުމުގެ މައްސަލައަކީ ދޭތެރެއަކުން ދިމާވާ މައްސަލައެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ގްލޯބަލް ދުކާނުން ހުކުރު ދުވަހުން ފެށިގެން ދިވެހި ރުފިޔާ ބަލައިގަންނަން ފަށަނީ
ސޯޝަލް މީޑިއާ މެދުވެރިކޮށް ގްލޯބަލް ދުކާންއިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުގެ ބޭނުމަކީ ދިވެހީންނަށް އިންޑިއާއިން ވިޔަފާރިކުރުން އިތުރަށް ފަސޭހަކޮށްދިނުމެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ހުޅުމާލޭގައި ނަފުސާނީ ބަލީގެ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ
. ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 25 ވަނަ ދުވަސް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.