އަލިފާން ރޯވި ގެ - ފޮޓޯ/ އެމްޑީއޭ
ހަބަރު
13 Apr 2026 | 12:48
ހުރާ ގެއެއްގައި ރޯވުން: ”އަލިފާނުގެ ހާދިސާ ހިނގީ ޗާޖަށް ޖަހާފައި އޮތް ފޯނުގައި ރޯވެގެން ކަމަށް ބެލެވޭ“

ކ. ހުރާ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ޗާޖަށް ޖަހާފައި އޮތް ފޯނެއްގައި ރޯވެގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ. 

‏ކ.ހުރާގައި ގެއެއްގައި، ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި އެގޭ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައިވާ ކަމަށް ނެޝަނަލްޑިޒާސްޓާ މެނޭޖްމަންޓުން މިއަދު ވަނީ ބުނެފައެވެ. އަދި، މި އަލިފާނުގެ ސަބަބުން އެގޭގައި ދިރިއުޅުނު 15 ފަރާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކައުންސިލާ ގުޅިގެން ކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާއާގުޅޭގޮތުން ވޮއިސް އަށް މައުލޫމާތު ދެއްވަމުން، ހުރާ ކައުންސިލުގެ ރައީސް ޢީސާ އަހުމަދު ވިދާޅުވީ، ފުރަތަމަ އަލިފާން ރޯވީ މަންމަ އަކާއި އޭނާގެ ދެ ދަރިން ނިދާފައި އޮތް ކޮޓަރީގައެވެ. އަދި އެ ކޮޓަރީގައި ރޯވި ސަބަބު އަދި ޔަގީން ނުވި ނަމަވެސް، ބޮޑަށް ބެލެވެނީ ޗާޖަށް ޖަހާފައި އޮތް ފޯނު ހޫނުވެ ދިމާވި ކަމަކުން ކަމަށް ވިދާޅުވިއެވެ. 

”ބެލެވެނީ ޗާޖަށް ޖަހާފައި އޮތް ފޯނު ގޮވައިގެން ދިމާވި ކަމެއް ކަމަށް. ރޯވި އިރު އެ ކޮޓަރީގައި ތިބީ މަންމަ އާއި އޭނާގެ ދެ ދަރިން. މާތް اللهގެ އިރާދަފުޅުން ކުދިންނަށް އަނިޔާއެއް ނުވެ ސަލާމަތް ކުރެވުނު. ކުދިންގެ މަންމަގެ އަތުގެ އިނގިލިތައް ފިހުނު.“ ހުރާ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ކުދިންގެ މަންމައަށް ލިބުނު އަނިޔާއަށް ހުރާ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އޭނާ މިއަދު 6:00 ހާއިރު މާލެ ފޮނުވާލާފައިވާ ކަމަށްވެސް ކައުންސިލު ރައީސް މައުލޫމާތު ދެއްވައެވެ. 

”ޖިސްމާނީ އަނިޔާއެއް ނުލިބުނު ނަމަވެސް ނަފްސާނީ ގޮތުން ވަރަށް އަސަރު ކޮށްފައި ހުރީ މަންމައަށް. ވާހަކައެއްވެސް ނުދައްކާ އަދިވެސް. ހުއްޓިފަ ހުންނަނީ. އެހެންވެ މާލެއަށް ފޮނުވާލާފައި ވަނީ މިހާރު. “ ހުރާ ކައުންސިލު ރައީސް ވިދާޅުވުއެވެ. 

ރޭގެ ވަގުތެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެ ކޮޓަރީގައި ހުރި ހުރިހާ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. 

ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 01:18 އެހައިކަންހާއިރު ކަމަށެވެ. 

އަދި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނު ކަމަށެވެ.

މި ހާދިސާގައި އެ ގޭގެ އިމާރާތަށާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާ، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ގްލޯބަލް ދުކާނުން ހުކުރު ދުވަހުން ފެށިގެން ދިވެހި ރުފިޔާ ބަލައިގަންނަން ފަށަނީ
ސޯޝަލް މީޑިއާ މެދުވެރިކޮށް ގްލޯބަލް ދުކާންއިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުގެ ބޭނުމަކީ ދިވެހީންނަށް އިންޑިއާއިން ވިޔަފާރިކުރުން އިތުރަށް ފަސޭހަކޮށްދިނުމެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ހުޅުމާލޭގައި ނަފުސާނީ ބަލީގެ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ
. ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 25 ވަނަ ދުވަސް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.