އެމްއެންޔޫގައި ކުރިއަށްގެންދިޔަ މައުލޫމާތު ސެޝަނުގެ ތެރެއިން..
ހަބަރު
13 Apr 2026 | 16:33
ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް އެންޓިބަޔޮޓިކާ ގުޅޭ މައުލޫމާތު ސެޝަނެއް ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ސައިންސް ޑިޕާޓްމަންޓުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ގުޅިގެން، ބަޔޮލޮޖީ ދަރިވަރުންނަށް އެންޓިބަޔޮޓިކް ރެސިސްޓެންސާ ގުޅޭ މަޢުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.

އެ ޔުނިވަރސިޓީން ބުނީ މި ސެޝަން ނަންގަވައިދެއްވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ އޮފް ފާމަސޫޓިކަލްސް، އާއިޝަތު ޖަލީލާއެވެ. އެ ސެޝަންގައި އެންޓިބަޔޮޓިކް ބޭނުންކުރުމާއި، އެންޓިމައިކްރޯ ރެޒިސްޓެންސްގެ ނުރައްކާ އިތުރުވަމުންދާ މައްސަލައިގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދުނިޔެއާއި ރާއްޖޭގެ ފެންވަރުގައި މިއީ ޢާންމު ޞިއްޙަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރެއްވިއެވެ.

އެ ޔުނިވަރސިޓީން ބުނީ މި ސެޝަންގެ މަޤްޞަދަކީ އެންޓިބަޔޮޓިކް ޒިންމާދާރު ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. ބޭނުން ނޫން ގޮތުގައި އަދި މާ ގިނައިން އެންޓިބަޔޮޓިކް ބޭނުންކުރުމުގެ ސަބަބުން ބެކްޓީރިއާ ފަދަ ޖަރާސީމުތައް ބޭހަށް ނުގުޑާ ގޮތް ވުމުގެ މައްސަލައިގެ ސީރިއަސްކަމާއި، ޞިއްޙީ ނިޒާމަށް ކުރާ އަސަރާއި، މި މައްސަލައިގައި ފަރުދީ ގޮތުން އަދާކުރެވޭނެ ދައުރާ ގުޅޭ މުހިންމު މަޢުލޫމާތު މި ބައްދަލުވުމުގައި ދަރިވަރުންނަށް ދިނެވެ.

މިފަދަ ސެޝަންތަކަކީ ދަރިވަރުންނަށް ތަޢުލީމީ އަދި ފަންނީ ކުރިއެރުމަށް އެހީތެރިވެދޭ، ޢަމަލީ ދާއިރާއާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް އެ ސެންޓަރުން ކުރަމުން ގެންދާ މަސައްކަތުގެ ބައެއް ކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ގްލޯބަލް ދުކާނުން ހުކުރު ދުވަހުން ފެށިގެން ދިވެހި ރުފިޔާ ބަލައިގަންނަން ފަށަނީ
ސޯޝަލް މީޑިއާ މެދުވެރިކޮށް ގްލޯބަލް ދުކާންއިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުގެ ބޭނުމަކީ ދިވެހީންނަށް އިންޑިއާއިން ވިޔަފާރިކުރުން އިތުރަށް ފަސޭހަކޮށްދިނުމެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ހުޅުމާލޭގައި ނަފުސާނީ ބަލީގެ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ
. ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 25 ވަނަ ދުވަސް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.