ޕީއެންސީގެ ޖަލްސާއެއް ކުރިއަށް ދަނީ --
ހަބަރު
14 Apr 2026 | 00:55
ހިތަދޫ އުތުރު ބައި އިލެކްޝަންސް: ޕީއެންސީގެ ޓިކެޓަށް ހުޅުވާލައިފި, ޕްރައިމަރީ އޮންނާނެ

ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކުރުމަށް ޝައުޤުވެރި ވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި އެވެ.

އެ ޕާޓީން މިރޭ ބުނީ ޖޫން ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ޕާޓީގެ ޢާންމު މެންބަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އޭޕްރިލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަަމަށެވެ. 

ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މި ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވާއިރު، ޝަރުޠުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިޚާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެފަރާތްތަކުގެމެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަކުން ކަމަށް ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކަމަށާ އަދި ހުށަހަޅާ ހުށައެޅުމާއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއާތުތަކުގެ ތެރެއިން ހޯދާ އެ ލިޔެކިޔުންތައްވެސް ހުށަހަޅާންވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް ޤާނޫނުތަކާއިގަވާއިދުތަކުގައި ކަނޑައަޅާފައިވާ އެންމެހާ ޝަރުޠުތައް ފުރިހަމަވެފައިވުމާއި އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތަކަށްވުން ނުވަތަ، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ފަރާތަކަށް ވުމެވެ.

ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ ޕްރައިމަރީގައި ވޯޓުދެވޭނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، 13 އޭޕްރިލް ވީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ. މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބޭ ފަރާތްތަކުގެ ލިސްޓު، 20 އޭޕްރިލް ވާ ހޯމަ ދުވަހު ޕާޓީގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެ ކަމަށްވެސް ބުންޏެވެ.

ޕްރައިމަރީ ބާއްވާނީ އޭޕްރީލް މަހުގެ 25 ގަ އެވެ.

ކުރިމަތިލީ ނުވަތަ ޝަރުތުހަމަވީ އެކަކު ނަމަ އެ މީހަކަށް ކޮންގްރެސް ޕާޓީގެ ޓިކެޓު ދޭނެ ކަމަށްވެސް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ