ލީޑްސް ޔުނައިޓެޑާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ލީޑްސް
ކުޅިވަރު
14 Apr 2026 | 07:46
45 އަހަރަށްފަހު އޯލްޑް ޓްރެފަޑްގައި ލީޑްސްއަށް ތާރީހީ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ލީޑްސް ކާމިޔާބުކޮށް އޯލްޑް ޓްރެފަޑްގައި ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ.

މިމެޗް ލީޑްސް ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއްޖަހައި ކުރި ހޯދީވެސް ލީޑްސް ޔުނައިޓެޑެވެ. އެއީ މެޗްގެ 16 ވަނަ މިނެޓް ތެރޭގައި އޮކަފޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮކަފޯ ވަނީ 29 ވަނަ މިނެޓް ތެރޭގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

މެޗްގައި މެންޗެސްތަރ ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، 69 ވަނަ މިނެޓް ތެރޭގައި ކަސެމީރޯ އެވެ. އޭގެ ކުރިން 56 ވަނަ މިނެޓް ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގެ މާޓިނޭޒް ކުރި ފައުލަކާ ގުޅިގެން ވީއާރު ބެލުމަށްފަހު ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އެއްކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުމުގެ ސަބަބުން ލީޑްސް ޔުނައިޓެޑުން ވަނީ އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނަގާފައެވެ.

ރޭގެ މެޗް ލީޑްސް ކާމިޔާބުކޮށްފައިވައިރު، މިއީ 1981 ވަނަ އަހަރަށް ފަހު ލީގް މެޗެއްގައި އޯލްޑް ޓްރެފޯޑްގައި ލީޑްސް ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން މިމެޗަކީ މައިކަލް ކެރިކް ކޯޗްކަމާ ހަވާލުވުަމަށްފަހު މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.

މިމެޗުން ލީޑްސް މޮޅުވުމުން ކުރިއަށްއޮތް އޮތް ސީޒަނުގައި ޕްރިމިއާ ލީގްގައި ކުޅުމަށް އެޓީމް ކުރަމުންދާ މަސައްކަތްތަކަށް ވަނީ އިތުރު ކުރިއެރުމެއް ލިބިފައެވެ. ލީޑްސް މިވަގުތު އޮތީ ޕޮއިންޓް ތާވަލްގެ 15 ވަނާގައެވެ. ލީޑްސް އާއެކު ޕްރިމިއާ ލީގަށް ސްޕާސް އަދި ވެސްޓްހޭމްވެސް ވާދަކުރާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.