ފިޔަވަތީގެ ކުދިން: ފޮޓޯ/ އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
ހަބަރު
14 Apr 2026 | 11:30
ކުދިން ފޯސްޓާކުރާ ސިވިލްސާވަންޓުންނަށް ޚާއްސަ ޗުއްޓީ ދޭގޮތަށް ޤަވާއިދު އިސްލާހުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިންގެ ބެލިނިވެރަމާ ހަވާލުވާ ސިވިލްސާވަންޓުންނަށް ޚާއްޞަ ޗުއްޓީދޭ ގޮތަށް ސިވިލް ސަރވިސް ޤަވާއިދު އިސްލާހުކޮށްފިއެވެ. 

ސަރުކާރުގެ ވަޒީފާގައި އުޅޭ ފަރާތްތައް ޤާނޫނީ ބެލެނިވެރިކަމާ ހަވާލުވާއިރު، އެފަރާތްތަކަށް ޚާއްޞަ ޗުއްޓީއެއް ދޭން ނިންމާފައިވާ ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ހާމަކުރެއްވީ، 25 މާރިޗުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އަދި މިމަހުން ފެށިގެން އެ ޗުއްޓީ ލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

އެއާ އެއްގޮތަށް ސިވިލް ސަރވިސް ޤަވައިދަށް މިހާރު އިސްލާޙް ގެނެސްފައިވާއިރު، އެ އެސްލާހުގައިވާހޮތުން، ކުއްޖާއާ ހަވާލުވިއިރ،ު ކުއްޖާގެ އުމުރުން 6 މަސްދުވަސް ނުފުރޭނަމަ، ކުއްޖާގެ އުމުރުން 6 މަސްދުވަސް ހަމަވާ ތާރީޚާ ހަމަޔަށް މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ޚާއްޞަ ޗުއްޓީއެއް ލިބޭނެއެވެ.

އަދި ކުއްޖާއާ ހަވާލުވިއިރ،ު ކުއްޖާގެ އުމުރުން 6 މަސްދުވަސް ފުރިފައިވާ ނަމަ ނުވަތަ 6 މަސްދުވަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، 30 ދުވަހުގެ ޗުއްޓީއެއް މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ލިބޭނެއެވެ. 

ކުދިން ފޮސްޓަރކުރާ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުރި އާއިލާތަކަށް ދައުލަތުގެ ތެރެއިން ކުއްޖަކަށް 5000 ރުފިޔާ މަހަކު ލިބޭގޮތަށް ޚާއްސަ އެލަވަންސްއެއްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
03 Aug 2026
ކަޕްވިނާސް ކަޕްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ނިއުރޭޑިއަން ނިކުންނާނީ ބުރާ ދެކޮޅަށް
ޗެމްޕިއަން ޓީމްތަކަށް ދައުވަތު ދީގެން ކުޅެވޭ މި މުބާރާތުގައި ވާދަކުރާނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސްގެ އިތުރުން، އޮޑި ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް ކްލަބެވެ
03 Aug 2026
ލީޑްސް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވެއްޖެ
އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރިސީޒަން ދަތުރުގައި ކުޅުނު އެންމެ ފަހުމެޗްގައި ލިވަޕޫލްގެ މައްޗަށް ލީޑްސް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.