ޔާސީންގެ ތަޖުރިބާ ހިއްސާކުރަނީ-
ހަބަރު
17 Apr 2026 | 16:17
އައިޖީއެމްއެޗް އިން ”ޓޯޓަލް ހިޕް ރިޕްލޭސްމަންޓް“ ފުރިހަމަކުރި ޔާސީން ބުނީ ”އެއީ އެންމެ ރަނގަޅު އޮޕްޝަން“ ކަމަށް

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި "ޓޯޓަލް ހިޕް ރިޕްލޭސްމަންޓް" ސާޖަރީ ފުރިހަމަކުރި މުހައްމަދު ޔާސިން އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފިއެވެ. 

ޔާސީން ބުނެފައިވާގޮތުން، އޭނާގެ ޙާލަތާގުޅޭ ގޮތުން އިންޑިޔާގެ މުމްބައިގެ ހޮސްޕިޓަލުތަކުންވެސް ޑޮކްޓަރުންގެ ޚިޔާލު ހޯދިއެވެ. އަދި ޓޯޓަލް ހިޕް ރިޕްލޭސްމަންޓް އަކަށް ދާންޖެހޭކަން އެކޮޅުން ފާހަގަކުރިއިރު، ރާއްޖޭގައި، އައިޖީއެމްއެޗުގައި ދެއްކި ޑޮކްޓަރުވެސް ލަފާދިނީ ވީހާވެސް އަވަހަށް ސާޖަރީއަށް ދިޔުމަށެވެ. 

”އެކޮޅަށްވުރެ އައިޖީއެމްއެޗް ހުރިހާ ގޮތަކުންވެސް އައިޖީއެމްއެޗް އެންމެ ރަނގަޅު އޮޕްޝަންއަށްވީ އާސަންދައިން ހުރިހާ އެއްޗެއް ކަވާވެފައި، އަނެއްކޮޅުން ފެމިލީ ކައިރީގައި ތިބޭނެތީ.“ ޔާސީން ބުންޏެވެ. 

ޔާސީން ބުނީ ސާޖަރީ ކުރުމަށް ހޭނެއްތުމުގެ ކަންކަން ކުރިއިރުވެސް އެއްވެސް ތަދެއް އިހްސާސް ނުވާ ކަމަށާ، އަދި ސާޖަރީއަށްފަހުވެސް ތަދު ހުރީ އެންމެ ހަފްތާއެއް ވާންދެން ކަމަށެވެ. 

”10 ދުވަސް ތެރޭ އެއްވެސް ސަޕޯޓްއަކާނުލައި އަޅުގަނޑު ހިނގަން ފަށައިފިން. އަޅުގަނޑު ހީކުރި ވަރަށްވުރެ ވަރަށް ރަނގަޅު އެކްސްޕީރިއަންސް. ނަރުސްކުދިންވެސް، އާފްޓާކެއާވެސް ވަރަށް ރަނގަޅު. ވަރަށް ހިތްހަމަޖެހޭ. ޑޮކްޓަރުންވެސް، އެއްވެސް މައްސަލައެއް އުޅެންޏާ ގުޅާލީމާ ރޭގަނޑު ދަންވަރުވެސް، 12 ނޫނީ 1 ގައިވެސް ކޮންމެސް ކަހަލަ ހައްލެއް ހޯދައިދޭ. ވަރަށް ސްމޫތްކޮށް ދިޔައީ. މިހާރު ގާތްގަނޑަކަށް ފިޓުވެފައި މިހުރީ. ޚިދުމަތްތަކާމެދު އެއްވެސް ކޮންޕްލެއިންއެއް ނެތް އަޅުގަނޑުގެ“ ޔާސީން ބުންޏެވެ. 

މި އޮޕަރޭޝަނަށްފަހު ޔާސިންގެ ހާލަތު ރަނގަޅުވެ، މިހާރު ދަނީ އެއްވެސް ދަތިކަމެއްނެތި އާންމު ދިރިއުޅުމުގެ ހަރަކާތްތަކުގައި ބައިވެރިވަމުންކަން އައިޖީއެމްއެޗުން ފާހަގަކުރެއެވެ. 

"ބައިލެޓަރަލް ޓޯޓަލް ހިޕް ރިޕްލޭސްމަންޓް" ނުވަތަ އުނަގަނޑުގެ ދެހުޅު އެއްފަހަރާ ބަދަލުކުރުމުގެ އޮޕަރޭޝަނުގެ އިތުރުންވެސް އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓުން  އަންނަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގިނަ ޚިދުމަތްތަކެއް ދެމުންނެވެ. އެގޮތުން ސްޕައިން ޑިސްއޯޑަރސް، ޕީޑިއަޓްރިކް އޯތޮޕީޑިކްސް، ސްޕޯޓްސް މެޑިސިން، ޖޮއިންޓް ރިޕްލޭސްމަންޓް އަދި ޓްރޯމާ ފަދަ ސަބް-ސްޕެޝަލިޓީތަކުން ޚިދުމަތް ލިބެން ހުރެއެވެ. އަދި ކަކުލާއި އުނަގަނޑުގެ ހުޅު ބަދަލުކުރުމާއި ، މައިބަދައިގެ އޮޕަރޭޝަންތަކާއި، ކުޅިވަރުގެ އަނިޔާތަކަށް ދޭ ފަރުވާތައް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.