އިއްތިހާދު އެއަރވޭސް؛ ފޮޓޯ / އިއްތިހާދު
ދުނިޔެ
18 Apr 2026 | 17:39
އިއްތިހާދު އެއަރވޭސް އިން އިސްރާއީލަށް އަލުން ދަތުރުތައް ފަށައިފި

އެކުވެރި އަރަބު އިމާރާތު ( ޔޫ.އޭ.އީ ) ގެ ގައުމީ އެއަރލައިން، އިއްތިހާދު އެއާރވޭސް އިން އިސްރާއީލަށް އަލުން ދަތުރުތައް ފަށައިފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދިޔަ ހަނގުރާމައާއި ގުޅިގެން އިއްތިހާދު އެއަރވޭސް އިން ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފަށާފައިވަނީ އިއްޔެއެވެ. އިއްތިހާދުން ދަތުރު ކުރާނީ ތެލް އަވީވް އަށެވެ.

މިކަން އިއުލާންކޮށްފައިވަނީ، ޔޫ.އޭ.އީގައި ހުންނަ އިސްރާއީލުގެ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ފާހަގަކޮށްފައިވާ ގޮތުން، އިއްތިހާދު އެއަރވޭސް އަކީ އިސްރާއީލުގެ ގިނަ ރައްޔިތުން ދަތުރުކުރަން ލޯބިކުރާ އެއަރލައިނެކެވެ. އަދި އިއްތިހާދުން އިސްރާއީލަށް ދަތުރުތައް އަލުން ފެށުމުން އަނެއްކާވެސް އިސްރާއީލު ރައްޔިތުންނާއި ޔޫ.އޭ.އީގެ ރައްޔިތުން ގުޅިގެންދާނެކަމަށް އިސްރާއީލުން ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލް އެމްބަސީން އެކްސްގައި ކުރި ޕޯސްޓް

އިއްތިހާދު އެއަރވޭސް އަކީ ހަނގުރާމައާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށްފަހު އިސްރާއީލަށް އަލުން ދަތުރުތައް ފެށި ފުރަތަމަ އެއަރލައިނެވެ. އިއްތިހާދު އެއަރވޭސް އިން އިސްރާއީލަށް ދުވާލަކު 2 ފަހަރު ދަތުރުކުރާނެއެވެ.

އިސްރާއީލާއި އެމެެރިކާއިން ގުޅިގެން އީރާނާއި ދެކޮޅަށް ހަނގުރާމަ ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހުއެވެ. މި ހަމަލާތަކުގެ ސަބަބޔުން ގަލްފް ޤައުމުތަކުގެ ވައިގެ ސަރަހައްދު ހުއްޓުމަކަށް އައިނަމަވެސް މިހާރު މަޝްރަހު ހަމަޔަކަށް އެޅެން ފެށުމާއެކު ވައިގެ ދަތުރުތައް ވަނީ މަޑުމަޑުން ކުރަން ފަށާފައެވެ.

އިއްތިހާދުން އިސްރައީލަށް އުދުހުންތައް ފެށުމާ ގުޅިގެން، ގިނަ ބަޔަކު ދަނީ ޔޫ.އޭ.އީ އަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ