ރައީސް ޖަލްސާގައި ވާހަކަދައްކަވަނީ..
ހަބަރު
18 Apr 2026 | 21:37
މޮޅާ އެއްވަރަށް ނާކާމިޔާބީ ވެސް ލިބިއްޖެ، ހުރިހާ ކަމެއް ބަލައިގަނެ ދާނީ ކުރިއަށް: ރައީސް

ނިމިގެންދިޔަ އިންތިހާބުތަކުގައި މޮޅާ އެއްވަރަށް ނާކާމިޔާބީވެސް ލިބިއްޖެ ކަމަށާއި، ހުރިހާ ކަމެއް ބަލައިގަނެ ކުރިއަށް އޮތްތަނުގައިވެސް ދާނީ ކުރިއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކައުންސިލް ތިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ރަސްދޫ، އުކުޅަސް އަދި ތުއްޑޫއިން ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މިއީ ޕާޓީ ވަރުގަދަކޮށް ޕާޓީއާގެ ކުރިއަށްދާންވީ އެންމެ ރަނގަޅު ވަގުތު ކަމަށާއި، އަޅުގަނޑުމެންނަކީ އިހްލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރަން ތިބި ބަޔަކަށް ވަނީކަމަ ދިމާވާ ކަންކަމުގެ ހަގީގަތް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. 

ކުރިމަތިވާ ކަންކަމުން އަރައިގަތުމުގެ ހިތްވަރު ހުންނަން ޖެހޭނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއްވެސް ކަމެއް ގަބޫލުނުކޮށް މުޅިން އިންތިހާބު އޮޅުވާލި ކަމަށް ހަދާ ލޯމަރާލާފަ ދިއުމަކީ އެއީ އެމަނިކްފާނު ކުރާނެ ކަމެއް ނޫންކަމަށެވެ. ނިމިގެންދިޔަ އިންތިހާބުގެ ނަތީޖާތަކަށް އިޝާރާތް ކުރައްވައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ އިންތިހާބުގައި ލިބުނު މޮޅާ އެއްވަރަށް ނާކާމިޔާބީވެސް ލިބިއްޖެކަމަށެވެ. އެ ހުރިހާކަމެއް ޤަބޫލުކުރާ ހާލު ދާނީ ކުރިއަށްކަމަށް މި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

ވަރަށް މޮޅުވި، ވަރަށް ބޮޑެތި މޮޅުތައް ލިބިއްޖެ މި ދާއިރާ އާ މިކަހަލަ ބައެއް ދާއިރާތަކުން. އެހެންނަމަވެސް ވަރަށް ބޮޑެތި ނާކާމިޔާބީ ވެއްޖެ. އެހެންވީމާ ކާމިޔާބާ ނާކާމިޔާބީ ހިމެނޭ މި އިންތިހާބުގެ ރައްޔިތުންގެ ނިންމުން އަޅުގަނޑު ފުރިހަމައަށް ބަލައިގަންނަން. އަދި އެ ނާކާމިޔާބީތަކުން ޚާއްޞަކޮށް ފިލާވަޅު ލިބިގެން، ރައްޔިތުން އެ ވިދާޅުވާ ކަންކަން އިރާދަކުރެއްވިއްޔާ އިޞްލާޙު ކުރުމުގަ ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ވާހަކަ ދަންނަވަން

ރައީސް ޑރ.މުއިއްޒު

ރައީސް ވިދާޅުވީ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް ރައްޔިތުންނަށް ކޮށްދިނުމަށް ވީ ވައުދުތައް ފުއްދުމަށް ދާނީ ކުރިއަށްކަމަށާއި، އެކަންކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން އެދޭކަމަށެވެ. ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނެގި ވޯޓު ނާކާމިޔާބުވީ، އެކި ސަބަބުތަކާ ހެދިކަމަށާއި، އޭގެ ތެރޭގައި ޕީއެންސީގެ ފަރާތުން ރައްޔިތުންނަށް އެކަން ރަނގަޅަށް އޮޅުންފިލުވައި ދެވިފައިނުވުމަކީވެސް އެއް ކަންތައްކަމަށެވެ. މިއީ ލިބިގެންދިޔަ ރަނގަޅު ފިލާވަޅެއްކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތީ ކާމިޔާބީތަކުންވެސް ފިލާވަޅު ލިބިގެން، އެ ކާމިޔާބީތައް ދެމެހެއްޓުމަށްޓަކައި އެ ކާމިޔާބީތައް އިތުރަށް އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތް ތަނަށް ވިސްނައިގެން ކުރިއަށްދިއުންކަމަށެވެ. 

ކޮމެންޓް
ޢަހު
އެމްޑީޕީ މޮޅުވެގެން އަހަރެމެންނަށް ވާނެ ފައިދާއެއްނެތް ަލިފާން ބޯޅަ ހުޅުޖެހުން މަޅިޖެހުން ބޮންގޮއްވުން ހޭދެބައިވެ ބޮވެނއވާނޭ ބުނެ މުޅި އިޖުތިމާއީ ބަލިކަށިކަން ގައުމުގަ އާލާކުރުން ލަދުހަޔާަތުގެ ކަންފުކެއްވެސް ނުތުން
19 Apr 2026
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.