އެމްއެންޔޫ ފަހިފުރުސަތު
ހަބަރު
12 Apr 2026 | 21:13
އެމް.އެން.ޔޫ "ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް އަންނަ ޖޫން މަހު ބާއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" (ޖޮބް ފެސްޓިވަލް) މި އަހަރުގެ ޖޫން މަހުގެ 3 އިން 5 އަށް ބޭއްވުމަށް ނިންމައިފިއެވެ.

މި މައުރަޒަކީ ވަޒީފާ ދޭ ފަރާތްތަކާއި، ވަޒީފާ ހޯދާ ފަރާތްތަކުގެ އިތުރުން ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުން އެއްތަނަކުން ބައްދަލުވެ، ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމަށް ހުޅުވާލެވޭ ރަން ފުރުސަތެކެވެ. "މުޖުތަމައަށް އަނބުރާ ދިނުން" (Giving back to society) މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ފެސްޓިވަލް އާންމުންނަށް ހުޅުވާލާފައިވަނީ މުޅިން ހިލޭއެވެ.

ފެސްޓިވަލް ކުރިއަށްދާނެ ގޮތް:

މި އިވެންޓް ކުރިއަށްދާނީ ބަޔާންކުރި ތިން ދުވަހުގެ ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. މާލޭގައި ހުންނަ އެމް.އެން.ޔޫގެ މައި މަރުކަޒުގެ އިތުރުން، އަތޮޅުތަކުގައި ހުންނަ އެމް.އެން.ޔޫގެ ކެމްޕަސްތަކުގައިވެސް މި ފެސްޓިވަލް ކުރިއަށްދާނެ ކަމަށް ޔުނިވަރސިޓީން މަޢުލޫމާތުދެއެވެ.

މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އިންޓާންޝިޕްގެ ފުރުސަތުތައް އާންމުންނަށް ދައްކާލެވޭނެ މާޙައުލެއް ޤާއިމުކުރުން.

އާންމުންނަށް ފަސޭހައިން މަޢުލޫމާތު ނުލިބޭ ތަފާތު ދާއިރާތަކާއި ބްރޭންޑުތަކުގެ ފުރުސަތުތައް ތައާރަފުކޮށްދިނުން.

ސިނާއީ އެކި ދާއިރާތަކުން ހުނަރުވެރިން ބިނާކުރުމަށް ބާރުއަޅައި، އެކަމަށް ޝައުޤުވެރިކަން އުފެއްދުން.

ވަޒީފާގެ ބާޒާރަށް ބޭނުންވާ އުފެއްދުންތެރި، ހުނަރުވެރި ފަރާތްތަކަށް ޔުނިވަރސިޓީގެ ތެރެއިން މަގުފަހިކޮށްދިނުން.

ވޭތުވެދިޔަ 2025 ވަނަ އަހަރު ބޭއްވި ފެސްޓިވަލްގައި ވެސް ސަރުކާރުގެ މުއައްސަސާތަކާއި ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިމެނޭހެން 49 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި އަހަރުގެ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ކުންފުނިތަކާއި މުއައްސަސާތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން 18 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހުގެ 23:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ޔުނިވަރސިޓީން އިލްތިމާސްކުރެއެވެ.

ރަޖިސްޓްރީވުމަށް ބޭނުންކުރާނެ ލިންކް:

https://docs.google.com/forms/d/1kHaOJcme2IQQVOCqA9mm-PhANPLk7nWxc8K9K13EYsA/edit

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ގްލޯބަލް ދުކާނުން ހުކުރު ދުވަހުން ފެށިގެން ދިވެހި ރުފިޔާ ބަލައިގަންނަން ފަށަނީ
ސޯޝަލް މީޑިއާ މެދުވެރިކޮށް ގްލޯބަލް ދުކާންއިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުގެ ބޭނުމަކީ ދިވެހީންނަށް އިންޑިއާއިން ވިޔަފާރިކުރުން އިތުރަށް ފަސޭހަކޮށްދިނުމެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ހުޅުމާލޭގައި ނަފުސާނީ ބަލީގެ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ
. ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 25 ވަނަ ދުވަސް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.