މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުން --
ހަބަރު
19 Apr 2026 | 16:00
ފައްޔާޒް ވެރިކަމަށް ގެނައުމަށް ނަޝީދު ތާއީދުކުރައްވައިފި

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހަމަޖައްސަވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފައްޔަ ގެނައުމަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެކަން ހާމަކުރެއްވީ "ބޮޑު ބަދަލު" ނަމުގައި މިއަދު ރައީސް ނަޝީދާއި ފައްޔާޒު ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. ނަޝީދު ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިއަކަށް ފައްޔާޒް ގެންނަން ތާއީދު ކުރައްވާ ކަމަށެވެ.

"މި ބޮޑު ބަދަލުތައް ގެނައުމަށްޓަކައި އަޅުގަނޑު ތާއީދު ކުރަން ފައްޔާޒް އިސްމާއީލް އެއީ ސަރުކާރުގެ އެންމެ މަތީވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް," ނަޝީދު ވިދާޅުވި އެވެ. 

ފައްޔާަޒްއާ ނަޝީދު ގުޅިގެން މިއަދު ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައި އެ ދެ ބޭފުޅުންގެ ވިސްނުންފުޅުގައި ގައުމަށް ގެންނަން ފެންނަ ވަރަށް ގިނަ ބަދަލުތައް ވަނީ ހިއްސާ ކުރައްވާފަ އެވެ. ނަޝީދު ވިދާޅުވީ ފުރަތަމަ ކަމަކަށް މި ބަދަލުތަކަށް އެމްޑީޕީގެ ތާއީދު ހޯދުމަށް މަަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި އެކަމަށް މަގުފަހި ކުރުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް ގަސްތުކުރައްވާ ކަމުގައި ވިދާޅުވި އެވެ. 

"އެކަން އަޅުގަނޑު މިކުރަނީ [އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިމިލަނީ] މި ބަދަލުތައް އަޅުގަނޑުމެން ހޯދުމަށް. އަޅުގަނޑު ދެކޭ ގޮތުގަައި މި ބަދަލުތައް މިހާރު ބޭނުން. އެއީކީއެއް 2028 ވަނަ އަހަރުގެ ފަހުން އަޅުގަނޑުމެން ހޯދާންވީ ބަދަލެއް ނޫން," ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުމަށް ސަރުކާރަށް ދައުވަތު ދެއްވާފަ އެވެ. އަދި މަޝްވަރާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވި އެވެ.

އެ ބަދަލުތައް ހޯދުމަށް ސީދާ ހަރަކާތަށް ދިއުމަށާއި ސުލްހަވެރި ސިޔާސީ ހިނގާލުންތަކާއި އެއްވުންތަކާއި ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ބަދަލު ހޯދުމަށް ރާއްޖޭގެ ހުރިހާ ރަށްރަށަށް ދަތުރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.