ރައީސް ނަޝީދު --
ހަބަރު
19 Apr 2026 | 16:33
އެމްޑީީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނަޝީދު ނިންމަވައިފި

އެމްޑީީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނަޝީދު ނިންމަވައިފި އެވެ.

އެމަނިކުފާނު އެކަން ހާމަކުރެއްވީ "ބޮޑު ބަދަލު" ނަމުގައި މިއަދު ރައީސް ނަޝީދާއި ފައްޔާޒު ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. ނަޝީދު ވިދާޅުވީ އެމްޑީީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމަށް ނިންމެވީ ކަންކަން ރަނގަޅު ކުރެއްވޭނީ އެ މަގާމަށް ކުރިމަތިލައްވައިގެން ކަމަށް ގަބޫލުކުރެއްވީ ކަމަށެވެ. އަދި އެފްރިކާގައި ހުންނަވާފައި މިހާރު އޮތް މަގާމު ދޫކޮށްލައްވާފައި ވަޑައިގެންނެވީ އެ ބޭނުންފުޅުގައި ކަމަށެވެ.

ނަޝީދުގެ އެ އިއުލާނާއެކު އެމަނިކުފާނުގެ އަރިހުގައި އިންނަވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު ގެންނެވުމަށް ތާއީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ އިންތިހާބީ ޗެއާޕާސަން އެވެ. އެންމެ ފަހުން އެ ޕާޓީގައި ޗެއާޕާސަނަށް ހުންނެވީ ފައްޔާޒް އެވެ. ފައްޔާޒް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ވަގުތީ ގޮތުން ޗެއާޕާސަނަކަށް އައްޔަނު ކުރެއްވީ އަބްދުލްޣަފޫރު މޫސާ އެވެ.

ނަމަވެސް ފަހުން ޕާޓީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދުނެވެ. އެ ހިޔާލުތަފާތުވުން ހައްލުކޮށް މިހާރު އޮތީ އެމްޑީޕީގެ ހިންގުމުގެ ކަންކަން ހަ މެމްބަރުން ހިމެނޭ ކޮމިޓީއަކާ ހަވާލުކުރުމަށް ނިންމާފަ އެވެ.

އެމްޑީޕީ ހިންގުމަށް އެކުލަވާލި ކޮމެޓީގެ ހަ މެންބަރުން 

އެމްޑީޕީ ހިންގުމަށް ނެގި ވަގުތީ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ފަސް ލީޑަރުންގެ ތެރޭގައި ހިމެނެނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފައްޔާޒް އިސްމާއީލް، ރައީސް ނަޝީދު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފުރު މޫސާ، އަދި އެމްޑީޕީގެ މިހާރުގެ ރައީސް ޢަބްދުﷲ ޝާހިދާއި ޕީޖީ ލީޑަރު ނާޒިލް އެވެ.

މި ކޮމެޓީ ދެމި އޮންނާނީ އައު ޗެއަރޕާސަން އިންތިހާބު ކޮށް ނިމެންދެނެވެެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.