މިއަދުގެ ނޫސްވެރިންގެ ބައްދަލުވުނުގައި ރައީސް މުޢިއްޒު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
20 Apr 2026 | 10:10
ޤާނޫނަށް ބަދަލު ގެނެސް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލާނަން: ރައީސް މުޢިއްޒު

ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ޖުޑިޝަރީއަށް ނުފޫޒް ފޯރުވުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖޭއެސްސީގެ ދަށަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެނެސްފައިވާ ކަމަށާ، އެކަމުގެ ސަބަބުން ޖުޑީޝަރީގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރެއްވިއެވެ.

އަދި ޖުޑީޝަރީ ރިފޯމް ކުރުމަށް މި ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން، ޖޭއެސްސީގެ ދަށުގައި ޑީޖޭއޭ އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

އެންމެ ފުރަތަމަ ޖުޑިޝަރީ ގާނޫނު ހެދުނުއިރު ޖުޑީޝަރީގެ ކަންކަން އޮތްގޮތަށް، ގާތްގަނޑަށް އެގޮތަށް ހެދުމުގެ ވިސްނުން އަޅުގަނޑުމެންގެ އެބައޮތް. އޭގެ ތެރޭގައި ޖުޑީޝަލް ކައުންސިލް ކިޔާ ކައުންސިލެއް އޭރު އޮތް. 2011 ވަނަ އަހަރު، އެމްޑީޕީ ވެރިކަމުގައި، ޖުޑީޝަލް ކައުންސިލް އެއީ ބާތިލް ކަމެއް ކަމަށް، އޭރު ކުރެވުނު ހުކުމެއްގެ ތެރެއިންހެން އަޅުގަނޑަށް ހީވަނީ، އޮތީ ބާތިލް ވެފައި.

ރައީސް މުޢިއްޒު

އެހެންނަމަވެސް އެ ކައުންސިލް އަލުން އުފެއްދުމަށް ކުރަންޖެހޭ ކަންކަންކޮށް، ޑިޖޭއޭ އެ ކައުންސިލްގެ ދަށަށް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

އެގޮތުން އުފައްދާ ޖުޑީޝަލް ކައުންސިލްގައި ހިމެނޭނީ،

1) އުއްތަމަ ފަނޑިޔާރު

2) ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން

3) ހައިކޯޓާ ސްޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން

އެހެންވީމާ ޖުޑީޝަލް ކައުންސިލް އަލުން ރީއިންސްޓޭޓް ކުރެވޭ ގޮތަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާ، އަދި އޭގެ އިތުރަށް އުއްތަމަ ފަނޑިޔާރާ ޖުޑީޝަލް ކައުންސިލްއަށް ޖަވާބުދާރީވާ ތަނަކަށް ޑީޖޭއޭ ބަދަލުވެގެން ދިޔުން. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓއރޭޓާ ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލްއަށް ކަމަށް ބަދަލުވުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް

ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ގެނައި ބަދަލާއެކު ކޯޓުތަކުގެ އެންމެ ބާރުގަދަ ފަރާތަކަށް ހުންނާނީ އެޑްމިނިސްޓްރޭޓާ ކަމަށާ އެހެންނަމަވެސް ސަރުކާރުން ގެންނަ ބަދަލާއެކު ކޯޓުތަކުގެ ފަނޑިޔާރުންނަށް ބާރުތައް ލިބިގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.