ރައީސް ޑރ. މުޙައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
20 Apr 2026 | 13:21
ޙައްގުތަކުގެ ބޭނުންކޮށްގެން އެހެން މީހުންގެ ޙައްގުތަކަށް އަރައިގަންނަނަމަ ލިމިޓްކުރަންޖެހޭ: ރައީސް މުޢިއްޒު

ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްގުތަކުގެ ބޭނުން ކޮށްގެން އެހެންމީހުންގެ ހައްގުތަކަށް އަރައިގަންނަ ނަމަ އެ ހައްގުތައް ހަނިކުރަންޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މުޒާހަރާކޮށް ޚިޔާލުފާޅުކުރުމަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްގެއް ކަމަށެވެ. ނަމަވެސް އެ ޙައްގުތައް ދީފައިވަނީ ވަކި ހުދޫދެއްގެ ތެރެއިންކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މުޒާހަރާ ކުރުމާއި ޚިޔާލުފާޅުކުރުން ފަދަ ކަންކަން ކުރެވޭނެ ގޮތްތަކާއި، ކުރާނެ ތަންތަންވެސް ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި އެއްވެއުޅުމަށް ކަނޑައަޅާފައިވާ ތަންތަނުގެ އިތުރަށް ފަސް ތަނެއް މި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް މުޒާހަރާކުރަން އެތަންތަނަށް އެއްވުމުގެ ބަދަލުގައި އެއްވަމުންދަނީ މަގުތައް މައްޗަށާއި އާއްމުންނަށް އުނދަގޫވާފަދަ ތަންތަނަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ދެން މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި، ދެން މަގުމަތީގައި ހިނގާފައިވެސް ދަނީ މިސާލަކަށް، އެކަމަކު އޭގެ އިތުރަށް ހަޑިހުތުރު ބަސްތައް ބޭނުންކުރުން، ދީނާ ޚިލާފް ކަމެއް، ހަޑިހުތުރު ޢަމަލުތައް ކުރުން، ދީނާ ޚިލާފް ކަމެއް.

ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ، މަގުތަކުގައި ހަޑިހުތުރު ގޮތްތަކަށް އުޅުމަކީ ރައްޔިތުންވެސް ހިތްހަމަޖެހޭނެ ކަމެއް ނޫންކަމަށެވެ. އަދި ހައްގުތަކުގެ ބޭނުންކޮށްގެން އެހެން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އެބައޮތް ޙައްގުތަކެއް. އެކަމަކު އެ ހައްގުތައް އެހެން މީހުންގެ ހައްގުތަކަށް އަރައިގަންނަ ހިސާބުން ޖެހޭނީ ލިމިޓް ކުރަން. 

ރައީސް މުޢިއްޒު

ދާދިފަހުން ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންވެސް ރައީސް ވަނީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކުގައި ދީނީ އަދި އަހުލާޤީ މިންގަނޑުން ބޭރު އަމަލުތައް ހިންގާތަން ފެންނަމުންދާކަމަށް ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.