ތެހްރާންގެ އިންޓަރނޭޝަނަލް އެއާރޕޯޓް؛ ފޮޓޯ / ފްލައިޓްރޭޑަރ24
ދުނިޔެ
21 Apr 2026 | 19:10
މެދުކަނޑާލާފައި އޮތް އީރާނުގެ އެތެރޭގެ ވައިގެ އުދުހުންތައް އަލުން ފަށަނީ

އެމެރިކާ އަދި އިސްރާއީލުން އިސްވެ އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުކަނޑާލާފައި އޮތް އީރާނުގެ އެތެރޭގެ ވައިގެ އުދުހުންތައް  އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.

އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓްކުރާ ގޮތުގައި، މި އުދުހުންތައް އަލުން ފަށާނީ މާދަމާއެވެ. އަދި ފުރަތަމަ ފްލައިޓް ދަތުރުކުރާނީ، ތެހްރާނުން އީރާނުގެ މަޝްހާދަށެވެ. އަދި މަޝްހާދުން އެ ފްލައިޓް ހަމަ އެދުވަހު އަނބުރާ ތެހެރާނަށް ދަތުރުކުރާނެކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. މިއީ 50 ދުވަހުގެ މެދުކެނޑުމަކަށްފަހު އެތެރޭގެ ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާގެ ސަބަބުން މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ވަނީ ހަމަލާތައް އަމާޒުވެ، ވައިގެދަތުރުފަތުރަށް ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު ޓްރާންސިޓް ހަބް ދުބާއި އިންޓަރނޭޝަނަލް އެއާރޕޯޓްގެ ދަތުރުފަތުރަށް ވެސް ވަނީ ހަމަލާތައް އަމާޒުވެ، ފްލައިޓްތައް އުދުހުން ހުއްޓިފައެވެ. 

ވައިގެ ދަތުރުފަތުރުގެ އިތުރުން ދުނިޔޭގެ ތެލުގެ ބާޒާރަށްވެސް ވަނީ މި ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކެއްގައި ތެލުގެ ހަރަދު ބޮޑުވެފައިވާއިރު، އޮސްޓްރޭލިއާ ފަދަ ބައެއް ގައުމުތަކަށް ދަނީ ތެޔޮ ލިބުމުގެ ދަތިތަކާއި ކުރިމަތިލަމުންނެވެ. 

މެދުއިރުމަތީގެ ހަނގުރާމަ 2 ހަފުތާގެ މުއްދަތަކަށް ހުއްޓާލުމަށް އީރާނާއި އެމެރިކާ އަދި އިސްރާއީލުން އެއްބަސްވެފައިވާއިރު، މި އެއްބަސްވުން ނިމުމުން އައު އެއްބަސްވުމެއް ގާއިމުކުރެވޭނެކަމާއި މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.