ފަލާހް
ހަބަރު
21 Apr 2026 | 17:35
މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމް ވަކިކުރަން އުޅޭ ވާހަކައަކީ ދޮގެއް: ފަލާހް

ރައްޔިތުން މަޖިލީހުގެ ނައިބުރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކުރަން އުޅޭ ވާހަކަ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ދޮގުކުރައްވައިފިއެވެ.

މަޖިލީހުގެ ނައިބުރައީސް ކަމުގެ މަގާމުން ނާޒިމް ވަކިކުރުމުގެ އަޑުތަކެއް އަރާފައިމިވަނީ، މަޖިލީހުގެ އެންމެ ބޮޑު ދެ ކޮމިޓީން އޭނާ ވަކިކޮށްފައިވަނިކޮށެވެ. މިއާއެކު މަޖިލީހުގެ ނައިބުގެ މަގާމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީގެ ތެރެއިން ފަށާފައިވާކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.

މިކަމާ ގުޅިގެން ވޮއިސްއިން ފަލާހްއަށް ގުޅާލުމުން ފޯނު ނުނަންގަވާތީ ވަނީ އޭނާގެ ބަހެއް ލިބޭގޮތް ނުވެފައެވެ. ނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން ފަލާހް ވަނީ، އެވާހަކަތައް ދޮގުކުރައްވާފައެވެ. އެގޮތުން ނާޒިމް ވަކިކުރުމަށް ޕާޓީގެ ތެރެއިން މަސައްކަތް ފަށާފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެފައި ވެއެވެ. 

މަޖިލީހުގެ ނައިބުރައީސްކަމުގެ މަގާމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކަ ޕީއެންސީގެ ޕީޖީ ލީޑަރު ދޮގުކުރެއްވިއިރު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ނާޒިމް ވަކިކުރައްވާފައެވެ. އެ ދެކޮމިޓީން ވަކިކުރި ސަބަބެއްކަމަށް ބައެއް މީޑިއާތަކުގައި ނާޒިމް ވިދާޅުވެފައިވަނީ، ކޮމިޓީއަށް އެކަށީގެންވާ ގޮތެއްގައި ވަގުތު ނުދެވޭތީއެވެ. އެގޮތުން ރަސްމީ ކަންކަމާއި، އަދި އަމިއްލަ ބައެއް ކަންކަމުގައި ރާއްޖެއިން ބޭރުގައި ގިނައިން އުޅެންޖެހޭކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ސަލާ
ތިޔަވާނީ ތެދަކަށް. އަދި އަދުރޭ ވެސް ވަކި ކުރާނެ.
21 Apr 2026
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.