ޕާކިސްތާން؛ ފޮޓޯ / ވިކިޕީޑިއާ
ދުނިޔެ
25 Apr 2026 | 09:28
އިސްލާމްއާބާދުގައި އެމެރިކާއާއެކު ސީދާ މަޝްވަރާތައް ނުކުރާނެ ކަމަށް އީރާނުން ބުނެފި

އިސްލާމްއާބާދުގައި އެމެރިކާގެ އޮފިޝަލުންނާ އެކު އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ރާވާފައި ނުވާނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވެއްޖެއެވެ.

އީރާނާއި އެމެރިކާ އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް މަޝްވަރާތައް ކުރުމަށް ރާވަމުންދާކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ބަގާއީ ވިދާޅުވީ، މިކަމުގައި އީރާނުގެ ހުށަހެޅުންތަކާއި ވިސްނުންތައް އިސްލާމްއާބާދުގެ އޮފިޝަލުން މެދުވެރިކޮށް އެމެރިކާގެ މަންދޫބުންނަށް ފޯރުކޮށްދޭނެއެވެ.

އޭނާ ވިދާޅުވިގޮތުގައި އެމެރިކާއާއެކު އެއްވެސް ކަހަލަ ކުރިއެރުމެއް ނުވަތަ މަޝްވަރާއެއް ކުރިއަށް ގެންދެވޭނީ، ގިނަ ޝަރުތުތަކެއް ފުރިހަމަވެގެންކަމަށެވެ. މީގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އީރާނުން ހުށަހަޅަނީ ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި އެމެރިކާއިން ހިންގަމުންދާ އަސްކަރީ ބްލޮކޭޑް ވަގުތުން ހުއްޓާލުމަށެވެ.

އީރާނުން ސިފަކުރާ ގޮތުގައި ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާގެ ކަނޑުގެ ސިފައިން ހިންގަމުންދާ ހަރަކާތްތަކަކީ ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވިދާނެ ސީދާ މަޝްވަރާތަކަށް އޮތް އެންމެ ބޮޑު ހުރަހެވެ. އަދި މި ބަންދުކުރުމަކީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައާއި ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގައި އީރާނުގެ އޮފިޝަލުން ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންކުރައްވާ ބިރުދެއްކުމުގެ ބަހުރުވަ ނުވަތަ އިންޒާރުތައް ބަލައިނުގަންނާނެ ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި މިފަދަ އިންޒާރުތަކަކީ ސަރަހައްދީ މަސްލަހަތު ގޯސްވެ، މަޝްވަރާގެ މާހައުލު ގެއްލިގެންދާނެ ކަމެކެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ މި ދަނޑިވަޅުގައި، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އިސްލާމްއާބާދަށް ވަޑައިގެންފައެވެ. އެ މަޝްވަރާތަކުގައި އީރާނާއި އެމެރިކާއި ދެމެދު އެއްވެސް އެއްބަސްވުމެކައް އާދެވިފައެއް ނުވެއެވެ. އެގޮތުން، އީރާނުގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ އެމެރިކާގެ މަންދޫބުންނާ ސީދާ ބައްދަލުކުރުމުގެ ބަދަލުގައި މެސެޖުތައް ބަދަލުކުރާނީ ޕާކިސްތާނުގެ އޮފިޝަލުން މެދުވެރިކޮށް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެ، މެދުއިރުމަތީގައި ހަނގުރާމަ ފެށިފައެވެ. އެމެރިކާ، އިސްރާއީލް އަދި އީރާނުން 2 ހަފުތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް މިހާރު އެއްބަސްވެފައި އޮތް ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ ހަނގުރާމަ އަލުން ފަށާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.
23 Aug 2026
ކުދި ޖަޒީރާ ޤައުމުތައް އީޖާދީ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ގޮވާލައްވައިފި
ސުމޭކު ގުޅުންތައް މިހާރު ހަމައެކަނި މުވާސަލާތުގެ ވަސީލަތެއް ނޫން ކަމަށާއި ވިޔަފާރިއާއި މާލީ ޚިދުމަތާއި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރަކަށް އެ ގުޅުންތައް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ