ރައީސް ސާލިހް؛ ފޮޓޯ / އެމްޑީޕީ
ހަބަރު
25 Apr 2026 | 09:36
މޭޔަރު އާޒިމަށް ދިން ހަމަލާ، ރައީސް ސާލިހް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އެމްޑީޕީން ބޭއްވި މުޒާހަރާގައި މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް އަށް އަމާޒުކޮށް ރޭ ދިން ހަމަލާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރޭ ކުރިއަށްދިޔަ މުޒާހާރާގެ ތެރެއިން މުޒާހަރާގެ ބައިވެރިންނާއެކު ކުރިއަށްދަނިކޮށް، ކުރިމަތިން އައި މީހަކު ވަނީ އާޒިމްގެ މޭމަތީ އަތްއަޅައި ކޮށްޕާލާފައެވެ. އެވަގުތު އާޒިމްއާއެކު ތިބި މީހުން ވަނީ, އޭނާ ހުއްޓުވާފައެވެ. މިކަމާ ގުޅިގެން ރައީސް ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ މި ހަމަލާ އަވަސް ގޮތެއްގައި ތަޙުޤީޤު ކޮށް، މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ޤާނޫނުަސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްޤުތަކެއްކަމަށް ވިދާޅުވެފައެވެ.

ރައީސް ސާލިހު ކުރެއްވެވި ޕޯސްޓް

އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެއްކަންވެސް ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފައެވެ. 

މިކަމާ ގުޅޭގޮތުން މީޑިއާ އާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އޭނާއަށް ހަމަލާދިނީ ގްރޫއްޕަކުން ކަމަށާއި، މޭމަތީގައި ޖެހުމުން ކޮންމެވެސް ވަރަކަށް ރިހުން ހުރިކަމަށެވެ. އާޒިމް ވިދާޅުވީ މިއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއްކަމަށެވެ. 

މޭޔަރަށް ދިން ހަމަލާ ބައެއް ފަރާތްތަކުން ކުށްވެރިކޮށްފައިވާއިރު، މިއީ ކިހިނެތްވެގެން ދިން ހަމަލާއެއްކަމެއް އަދި ސާފެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން މިހާތަނަށް ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ބަޗީ
ތީ ޕާޓީން ހެދި ސްޓަންޓެއް. ވަރަށް ސާފު.
25 Apr 2026
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.