ޔޫރަޕިއަން ކޮމިޝަންގެ ރައީސާ، އުރްސުލާ ވޮން ޑަރ ލޭޔަން؛ ފޮޓޯ / ޑަޗްލެންޑް
ދުނިޔެ
27 Apr 2026 | 15:05
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އަދި މާ އަވަސް: އުރްސުލާ

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަރ ލޭޔަން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އަދި މާ އަވަސް ކަމަށް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ހޯމަ ދުވަހު ޖަރުމަނުގެ ބާލިންގައި ބޭއްވުނު ސީޑީޔޫ އަދި ސީއެސްޔޫ ޕާޓީގެ ބައްދަލުވުމެއްގައެވެ.

ވޮން ޑަރ ލޭޔަން ފާހަގަކުރެއްވި ގޮތުގައި، އީރާނާ ދެކޮޅަށް މި ފިޔަވަޅުތައް އަޅަންޖެހުނު މައިގަނޑު ސަބަބަކީ އެ ގައުމުގެ އާންމު ރައްޔިތުންނާ މެދު އީރާނު ސަރުކާރުން ގެންގުޅޭ ހަރުކަށި އުސޫލުތަކާއި އިންސާނީ ހައްގުތަކަށް އަރައިގަތުމެވެ. މިހެންކަމުން، މި ދަނޑިވަޅުގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފިޔަވަޅުތައް އުވާލުމާ މެދު ވިސްނޭނީ އީރާނުގެ ސިޔާސަތުތަކަށް އަސާސީ ބޮޑު ބަދަލެއް އައިސްގެން ކަމަށްވެސް ވޮން ޑަރ ލޭޔަން ބާލިންގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ. އަދި އީރާނުން އަމިއްލަ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ހިންގާ ހުދުމުޚުތާރު އަމަލުތައް ހުއްޓާލުމަކީ މި ބަދަލުގެ މުހިންމު ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އީރާނުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާއި، ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމުގެ މައްސަލަތަކާ ގުޅިގެން ޔޫރަޕްގެ އިއްތިހާދުން ވަނީ ދާދި ފަހުން އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ. މީގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅީގައި އުޅަނދުފަހަރަށް ހުރަސްއެޅުމާ ގުޅިގެން އެޅި ފިޔަވަޅުތައް ހިމެނެއެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމުން، އީރާނުން ވަނީ ދިފާއުވުމުގެ ގޮތުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފަށާފައެވެ. އީރާނުން ބުނާ ގޮތުގައި، މިހާރު 2 ހަފުތާގެ މުއްދަތަކަށް ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވި ނަމަވެސް، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލެވޭނީ ޒަމާނުށްސުރެ އަޅާފައިވާ ފިޔަވަޅުތައް ބާތިލް ކުރުމުންނެވެ.

އެމެރިކާއާ ހުޅަނގުން އީރާނާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅީ އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް ތަފާތު އެކި ވާހަކަތައް އުފަންކުރުމަށް ފަހު އެވެ. އިރާންގައި ހިންގާ ކަންކަމަށް ވުރެ އެމެރިކާއާ ހުޅަނގުގެ ގައުމުތަކުގައި ޑިމޮކްރެސީއާ ބީރައްޓެހި އެތައް ކަމެއް ދަނީ ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.