ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ އާއި ރިއަލް މެޑްރިޑްގެ ވިނީސިއަސް ޖޫނިއާ އާ ދެމެދު ހިނގި ހާދިސާ؛ ފޮޓޯ / މާރކާ
ކުޅިވަރު
29 Apr 2026 | 09:00
ވޯލްޑްކަޕް 2026: އަނގަމަތި ނިވާކޮށްގެން ޒުވާބުކުރާ ކުޅުންތެރިންނަށް ރަތް ކާޑު ދައްކަނީ

މިއަހަރުގެ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕްގައި، އިދިކޮޅު ކުޅުންތެރިއަކާ ކުރިމަތިލާއިރު އަނގަމަތީގައި އަތްއަޅައިގެން ހުންނަ ކުޅުންތެރިންނަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނައުމަށް ފީފާއިން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ވެންކޫވަރުގައި ބޭއްވުނު އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑްގެ ބައްދަލުވުމެއްގައެވެ.

މި އާ ގަވާއިދު ތައާރަފްކުރަން ނިންމީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި ގޮތުގައި، ކުޅުންތެރިއަކު ކަމެއް ފޮރުވަން ނޫޅޭނަމަ ވާހަކަ ދައްކާއިރު އަނގަމަތީގައި އަތްއަޅަން ނުޖެހޭނެ ކަމަށާއި، މިގޮތަށް އަތްއަޅައިގެން ދައްކާ ވާހަކައަކުން ނަސްލީ ތަފާތުކުރުމުގެ މައްސަލައެއް ނުކުމެއްޖެނަމަ އެ ކުޅުންތެރިއަކަށް ވަގުތުން ރަތް ކާޑު ދައްކަން ޖެހޭނެއެވެ.

މި ބަދަލު ގެންނަން ނިންމާފައިވަނީ މިދިޔަ ފެބްރުއަރީ މަހު ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ އާއި ރިއަލް މެޑްރިޑްގެ ވިނީސިއަސް ޖޫނިއާ އާ ދެމެދު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. ޗެމްޕިއަންސް ލީގުގެ އެ މެޗުގައި ޕްރެސްޓިއާނީ އޭނާގެ ޖާޒީން އަނގަމަތި ނިވާކޮށްގެން ހުރެ ވިނީސިއަސްއާ ދިމާލަށް ނަސްލީ ގޮތުން އިހާނެތި ބަސްތަކެއް ބުނި ކަމަށް ތުހުމަތު ކުރެވުނެވެ.

އެ ހާދިސާއާ ގުޅިގެން ޔޫއެފާ އިން ވަނީ ޕްރެސްޓިއާނީ ހަ މެޗަށް ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ނަސްލީ ތަފާތުކުރުމުގެ ކުށް ސާބިތުވެފައި ނުވާ ކަމަށާއި، ސަސްޕެންޑް ކުރީ ޖިންސީ ފުރައްސާރަ އެކުލެވޭ ބަސްތަކެއް ބޭނުންކުރުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އާ ގަވާއިދުގެ ދަށުން، އިދިކޮޅު ކުޅުންތެރިއަކާ ޒުވާބުކުރާ ވަގުތު އަނގަމަތި ނިވާކުރުމަކީ ރެފްރީގެ އިޚުތިޔާރުގައި ރަތް ކާޑު ދެއްކިދާނެ ކަމެކެވެ. މީގެ އިތުރުން، ރެފްރީގެ ނިންމުމަކާ ހިތްހަމަނުޖެހިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ދަނޑުން ފައިބައިގެންދާ ކުޅުންތެރިންނަށް ވެސް މިއަހަރުގެ ވޯލްޑް ކަޕްގައި ރަތް ކާޑު ދައްކާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.