ވައިޓް ހައުސް؛ ފޮޓޯ / ދަ އިންޑެޕަންޑެންޓް
ދުނިޔެ
02 May 2026 | 13:23
އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ވައިޓް ހައުސްއިން ކޮންގްރެސްއަށް އަންގައިފި

އީރާނާއެކު ހިނގަމުންދިޔަ ހަނގުރާމަ ނިމިއްޖެ ކަމަށް ވައިޓް ހައުސްއިން ރަސްމީކޮށް އެމެރިކާގެ ކޮންގްރެސްއަށް އަންގައިފިއެވެ.

މެދުއިރުމަތީގެ ސަރަހައްދުގައި އަދިވެސް އެމެރިކާގެ އަސްކަރީ ބާރުތައް ތިބި ނަމަވެސް، އީރާނާއެކު އޮތް ހަނގުރާމައިގެ ހާލަތު މިހާރު ނިމިފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މި ނިންމުން އައިސްފައިވަނީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިތާ 60 ދުވަސް ފަހުން، އިއްޔެއެވެ. އެމެރިކާގެ "ވޯ ޕަވާސް ރިޒޮލިއުޝަން" ބުނާގޮތުން، ރައީސަކު ހަނގުރާމައެއް ފައްޓަވާތާ 60 ދުވަސް ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯއްދަވަން ޖެހެއެވެ. ނަމަވެސް، ހަނގުރާމަ ނިމިފައިވާ ކަމަށް އެންގުމާއެކު، މި ހުއްދަ ހޯދުމުގެ ގާނޫނީ ލާޒިމުކަން މިހާރު ވަނީ އުނިވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެފައިވަނީ، "ވޯ ޕަވާސް ރިޒޮލިއުޝަން" އަކީ ގާނޫނުއަސާސީއާ ހިލާފު އެއްޗެއް ކަމަށެވެ. ޓްރަމްޕްގެ މި ވާހަކައާއި ގުޅިގެން، އަސްކަރީ ހަރަކާތްތައް ހިންގުމުގައި ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކާ މެދު ކޮންގްރެސްގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.

ވައިޓް ހައުސްއިން ކޮންގްރެސްއަށް ފޮނުވި ރަސްމީ ލިޔުމުގައި ބުނެފައިވަނީ، އީރާނާއެކު ކުރެވުނު ކުރިމަތިލުންތައް މިހާރު ނިމިފައިވާ ކަމަށާއި، އެމެރިކާގެ ސިފައިން މިހާރު އެ ސަރަހައްދުގައި ތިބީ ހަމައެކަނި ދިފާއީ ބޭނުންތަކަށާއި ހަމަޖެހުން ގާއިމުކުރުމަށް ކަމަށެވެ. މި އެންގުމާއެކު، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކޮންގްރެސްގެ ރުހުން ހޯދުމަށް ކުރިން އޮތް މުހުލަތު ވަނީ ހަމަވެފައެވެ.

މި މައްސަލައިގައި ކޮންގްރެސްގެ ބައެއް މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، ހަނގުރާމަ "ނިމިއްޖެ" ކަމަށް ކަނޑައެޅީ ކޮންގްރެސްގެ ބާރުތައް ކަނޑުވާލުމުގެ ގޮތުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ މިއީ އޮންނަ އުސޫލުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.

މެދުއިރުމަތީގައި ހިނގަމުންދިޔަ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. އެގޮތުން ރާއްޖެ ހިމެނޭހެން އޭޝިއާ ބައްރުގެ ގިނަ ގައުމުތަކުން ދިޔައީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ވައިޓް ހައުސްއިން ހަނގުރާމަ ނިމިއްޖެ ކަމަށް ކޮންގްރެސް އަށް އެންގި ނަމަވެސް، ގިނަ ބަޔަކު ދެކެނީ މިއީ ވަގުތީ ނިމުމެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.