މީޑިއާތަކާއެކު ކޮމިޝަނުން މީގެ ކުރިން ބޭއްވި ބައްދަލުކުރުމެއްގެ ތެރެއިން.. ފޮޓޯ: ކޮމިޝަން
ހަބަރު
02 May 2026 | 17:45
ނޫސްތައް ރަޖިސްޓްރީކުރުމަށް 5،000 ރުފިޔާގެ ފީއެއްނަގަނީ

ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމަށް އުސޫލެއްގެ ތެރެއިން ފީއެއް ނެގުމަށް ނިންމާފައިވާކަމަށް މީޑިއާތަކުގެ ބަލަދުވެރިފަރާތް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްއެމްބީސީގެ ޑިރެކްޓަރ ބްރޯޑްކާސްޓް ރެގިއުލޭޝަން އިބްރާހިމް އަޝްރަފް ވިދާޅުވީ، ނޫސްތަކާއި މަޖައްލާތައް ރަޖިސްޓްރީކުރުމަށް ފީއެއްނެގުމަށް ނިންމާފައިވާކަމަށެވެ. މީގެކުރިންނަމަ، ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ފީ ދައްކާކަށެއް ނުޖެހެއެވެ. 

އަޝްރަފް ވިދާޅުވީ، ކޮމިޝަނުން ބޭނުންވަނީ މީޑިއާތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްގެންދާ ތަންތަންކަމުގައި ހަދަންކަމަށެވެ. އެގޮތުން ނޫސްތައް ރަޖިސްޓްރީކުރާއިރު 5،000 ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައިވާކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ، ނޫހެއް ރަޖިސްޓްރީކޮށްދޭނީ ދެން ފަސްއަހަރުގެ މުއްދަތަށްކަމަށެވެ. އަދި މަޖައްލާއެއްނަމަ 3،750 ރުފިޔާއަށް ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ރަޖިސްޓްރޭޝަނަކަށް 100 ރުފިޔާގެ ޕްރޮސެސިން ފީއެއް ނަގަމުންދާނަން

އެމްއެމްބީސީގެ ޑިރެކްޓަރ ބްރޯޑްކާސްޓް ރެގިއުލޭޝަން އިބްރާހިމް އަޝްރަފް

މީޑިއާ ކޮމިޝަނުން ވަނީ ނޫސް މަޖައްލާތައް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ހުޅުވާލާފައެވެ. އެގޮތުން ދަފްތަރުވުމަށް ދީފައިވަނީ، ހަ މަސްދުވަހުގެ މުއްދަތެކެވެ.

ނޫސްތަކުން ރަޖިސްޓްރީކުރާއިރު 5،000 ރުފިޔާގެ ފީއެއް ނެގުމަށް ކޮމިޝަނުން ބުނުމުން ބައެއް ނޫސްވެރިން ވަނީ އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ