ފައްޔާޟު އިސްމާއިލް؛ ފޮޓޯ / ވޮއިސް
ހަބަރު
03 May 2026 | 09:40
ނޫސްވެރިކަމުގެ މިނިވަންކަން 2008 ގެ ކުރީގެ ހާލަތަށް ހިނގައްޖެ: ފައްޔާޟު

ރައީސް މުއިއްޒުގެ ސަރުކާރުގައި، ދިވެހިން ބުރަ މަސައްކަތުން ހޯދާފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން 2008 ގެ ކުރީގެ ހާލަތަށް ގޮސްފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން، ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޟު މިހެން ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ފައްޔާޟު ވިދާޅުވީ، "މީޑިއާ ކޮންޓްރޯލް" ބިލާއި، "ކޮންޓްރޯލް ކޮމިޝަން" ގެ މަސައްކަތްތަކަކީ ސަރުކާރާ ދެކޮޅު ހިޔާލުތައް ފިއްތާލުމަށާއި މިނިވަން ނޫސްވެރިން ބިރުގަންނަވައި ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާ ވަސީލަތްތަކެކެވެ. އަދި ކޮރަޕްޝަނާއި ސަރުކާރުގެ ނާގާބިލުކަމާ ދެކޮޅަށް ވާހަކަދައްކާ ނޫސްވެރިންނަށް މެދުނުކެނޑި އިންޒާރުތަކާއި ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ފައްޔާޟު އެކްސްގައި ކުރެއްވި ޕޯސްޓް

ފައްޔާޟުގެ ޕޯސްޓުގައި އޭނާ އިތުރަށް ވިދާޅުވީ، ދައުލަތުގެ ފަރާތުން ކުރިމަތިވާ އަނިޔާވެރިކަމުން ނޫސްވެރިން ރައްކާތެރިކުރަން ޖެހޭ ކަމަށެވެ. މިހާރު ހުށަހެޅިފައިވާ ”ކޮންޓްރޯލް ބިލް“ އުވާލައި، ނޫސްވެރިން އަމިއްލައަށް ރެގިއުލޭޓްކުރާ މިނިވަން ނޫސްވެރިކަމަކަށް ހިތްވަރުދީ، ހިޔާލު ފާޅުކުރުމަށް މިނިވަން މާހައުލެއް ގާއިމުކޮށްދޭން ޖެހޭ ކަމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާއަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ބަސްތަކެއްގެ ބަދަލުގައި، އަމަލީ ގޮތުން ތަންފީޒުވާ ހަގީގަތަކަށް ހަދަންޖެހޭ ކަމަށް ފައްޔާޟު ވިދާޅުވިއެވެ. އެއްވެސް ނޫސްވެރިއަކަށް ދައުލަތުން އިންތިޒާމުކޮށްގެން ދޭ އިންޒާރުތަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށާއި، އަދި އެއްވެސް މީޑިއާ އައުޓްލެޓެއް ބަންދުކޮށްފާނެ ކަމުގެ ބިރުވެރިކަމުގެ ހިޔަނިއެއްގެ ދަށުގައި މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަގީގީ ޖަވާބުދާރީވުން އޮތް ހަމައެކަނި މަގު ކަމަށާއި، މި ދާއިރާގެ ކުރީސަފުގައި މަސައްކަތްކުރާ ނޫސްވެރިންނާއެކު ދެމިތިބޭނެ ކަމަށް ވިދާޅުވެ ފައްޔާޟު ވަނީ ނޫސްވެރިންނަށް ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.