ފައްޔާޒް
ހަބަރު
05 May 2026 | 20:16
ބީއެމްއެލްގެ ނިންމުންތައް ފައްޔާޒް ސިފަކުރެއްވީ، ޕެޗްވޯކް" އެއްގެ ގޮތުގައި

ޤައުމީ ބޭންކްގެ ނިންމުންތައް ހުންނަނީ "ޕެޗްވޯކް" އެއްގެ ގޮތަށްކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ބޭންކް އޮފް މޯލްޑިވްސްއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބީއެމްއެލުން ރައްޔިތުންނާ ގުޅުންހުރި ހިދުމަތްތަކަށް ކުއްލި ކުއްލިއަށް ބަދަލުގެންނަކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފައްޔާޒް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ބީއެމްއެލުން މިފަހަކުން ޑޮލަރިގެ މުއާމަލާތްތަކަށް ކުއްލިއަކަށް ގެނައި ކޮންޓްރޯލްގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ތަކްލީފްތަކެއް ލިބިގެންދާނޭކަމެއް ކަމަށެވެ. ފައްޔާޒް ވިދާޅުވީ، ކުއްލިއަކަށް ޑޮލަރު ދޫކުރުން ކޮންޓްރޯލްކުރުމަށް ނިންމި ނިންމުމުގެ ސަބަބުން، މިހާރުވެސް މާލީ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކަށާއި ވިޔަފާރިތަކަށް އިތުރު ބުރައަކާއި ތަކުލީފްތަކެއް އުފުލަން ޖެހޭނޭކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ކިޔަވާ ކުދިންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން އާންމު އާއިލާތަކަކީ ޒަރޫރީ ބޭނުންތަކަށްޓަކައި ބީއެމްއެލުން ދޫކުރާ ޑޮލަރަށް ބަރޯސާވަމުން އަންނަ ބައެއްކަމަށެވެ. މިފަދަ ކުއްލި ނިންމުންތަކުގެ ސަބަބުން އެފަރާތްތަކަށް މިކަމުގައި އިތުރަށް ދަތިތައް ކުރިމަތިލާންޖެހި، ކުރިމަގާ މެދު އޮތް ނުތަނަވަސްކަން އިންތިހާއަށް އިތުރުވެގެންދާނޭކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ ބޭރު ފައިސާގެ ސިޔާސަތުތަކަށް ތަކުރާރުކޮށް މިފަދަ ކުއްލި ބަދަލުތައް ގެނައުމަކީ، ގައުމުގެ ހާލަތު ވަޒަންކުރަން ނޭނގޭކަމުގެ ހެތްކެއް ކަމަށެވެ.އަދި ބަލިކަށި ލީޑަޝިޕެއްގެ ދަށުން މުއައްސަސާތައް ހިންގުމުގެ ނަތީޖާއަކީ ހާލަތު އިތުރަށް ގޯސްވެގެން ދިއުންކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. ފައްޔާޒް ވިދާޅުވީ، ކުރިމަތިވާ ކަންކަމުން ވިސްނަންޖެހޭވަރަށް ނުވިސްނައި ނިންމާ މިފަދަ ނިންމުންތަކުގެ ޤައުމުގެ އިގްތިސާދަށާއި، ވަކިވަކި ފަރުދުންނަށްވެސް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނޭކަމަށެވެ.

ބައެއް ކަންކަމުގައި ބީއެމްއެލުން މިހާރު ނިންމަމުންދާ ނިންމުންތައް ފައްޔާޒް ސިފަކުރައްވާފައިވަނީ، ނާގާބިލުކަން ފޮރުވުމަށްޓަކައި ނިންމާ ވަގުތީ އަދި "ޕެޗްވޯކް" އެއްގެ ގޮތުގައެވެ.

ފައްޔާޒް ވިދާޅުވީ، ބޭނުންވަނީ ކަންކަން ދިމާވުމުން އެއަށް ރައްދު ދިނުމުގެ ބަދަލުގައި، ފުންކޮށް ވިސްނައި، ހަރުދަނާ ދާއިމީ ބަދަލުތަކެއް ގެނައުންކަމަށެވެ ސަރުކާރުން ބޭނުންވާގޮތަށް ބީއެމްއެލުން ކަންކަން ނިންމުމުގެ ބަދަލުގައި އިގްތިސާދު އިނދަޖެހުމުން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދައި ބޭންކަށް ޖަމާކުރަމުންދާ ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަންވެސް ފައްޔާޒްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ބީއެމްއެލުން ވަނީ މީހުންގެ ޑެބިޓްކާޑުތައް ހިފައިގެން ރާއްޖެއިން ބޭރަށްގޮސް ކުރާ ކާޑުގެ މުއާމަލާތްތައް ހުއްޓުވުމަށް ވިޔަވަޅުތަކެއް އެޅުމަށް ނިންމިކަން މިދިޔަ ހޮނިހިރުދުވަހު ހާމަކޮށްފައެވެ. މީގެ އިތުރުން އޮންލައިން ސައިޓްތަކުން ވިޔަފާރިކުރަމަށް އެ ބޭންކުގެ ކާޑުތަކަށް މީގެކުރިން ދީފައިވާ ބައެއް ދޫތަށް ވަނީ ހިފަހައްޓާފައެވެ. މީގެ މައިގަނޑު ސަބަބެއްކަމަށް ބީއެމްއެލުން ބުނީ، ނަހަމަގޮތުގައި އެ ހިދުމަތްތައް ބޭނުންކުރާ މީހުންގެ އަމަލުތައް ހުއްޓުވުމެވެ.

މީހުންގެ ޑެބިޓްކާޑުތައް ހިފައިގެން ރާއްޖެއިން ބޭރަށް ގޮސް ކުރާ މުއާމަލާތްތައް ހުއުްޓުވަން ނިންމީ ބައެއް ފަރާތްތަކުން ވިޔަފާރީގެ އެކި ބޭނުންތަކުގައި މީހުންގެ ކާޑުތައް ގެންގޮސްގެން ނަހަމަގޮތުގައި ޑޮލަރު ނެގުންފަދަ ކަންކަން ކުރާތީއެވެ.

ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ ގިނައިން ޑޮލަރު ބޭރުކުރަންޖެހޭތީވެ ބީއެމްއެލުން ވަނީ ބޭރުފައިސާގެ މުއާމަލާތްތައް ރައްޔިތުންނަށް ވީހާވެސް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ތަންފީޒުކުރަން ފަށާފައެވެ. ބޭންކްތަކަށް ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން ރާއްޖޭގެ އެހެން ބޭންކުތަކުންވެސް ވަނީ ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން ދިވެހި ރުފިޔާގެ އެކައުންޓަށް ކުރިން ދޫކުރަމުން އައި ވިސާ ޑެބިޓް ކާޑުތައް ދޫކުރުން ހުއްޓާލުމާއި ބޭރުފައިސާ އާ ގުޅުންހުރި އެނޫންވެސް މުއާމަލާތްތައް ވަނީ ވަރަށްބޮޑަށް ހިފަހައްޓާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.