މަމްތާ ބެނާޖީ
ދުނިޔެ
06 May 2026 | 08:05
އިންތިޚާބުން ބަލިވުމުންވެސް މަމްތާ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވައިފި

އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓް އިންތިޚާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ އަތުން ބޮޑު ބައްޔަކާ ކުރިމަތިލެއްވުމަށް ފަހުވެސް، ޗީފް މިނިސްޓަރު މަމަތާ ބެނަރޖީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވައިފިއެވެ.

ވެސްޓް ބެންގާލްގައި 2011 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އައި މަމްތާގެ ޓްރީނަމޫލް ކޮންގްރެސް (ޓީއެމްސީ) ބަލިކޮށް، 294 ގޮނޑީގެ ތެރެއިން ތިންބައިކުޅަ ދެބައަށް ވުރެ ގިނަ ގޮނޑި ބީޖޭޕީ ވަނީ ކާމިޔާބުކޮށްފައެވެ. ޓީއެމްސީ އަށް ކުރިން ލިބިފައި އޮތް 215 ގޮނޑި 80 ގޮނޑިއަށް ވެއްޓުނުއިރު، މަމްތާގެ އަމިއްލަ ގޮނޑިވެސް ވަނީ ގެއްލިފައެވެ. ބެނަރޖީ ބަލިކުރެއްވީ ބީޖޭޕީގެ ސުވެންދު އަދިކާރީއެވެ.

ވެސްޓް ބެންގާލްގައި ބީޖޭޕީ މީގެ ކުރިން ދުވަހަކުވެސް ވެރިކަން ކޮށްފައި ނުވާއިރު، މި ކާމިޔާބީ އަކީ ސިޔާސީ ގޮތުން އެޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މި ކާމިޔާބީއާ އެކު އިރުމަތީ އިންޑިއާގެ ގާތްގަނޑަކަށް ހުރިހާ ސްޓޭޓެއް ބީޖޭޕީގެ ބާރުގެ ދަށަށް ވަނީ އައިސްފައެވެ.

"އަޅުގަނޑު އިސްތިއުފާ ނުދޭނަން، އަޅުގަނޑު ބައްޔެއް ނުވޭ... ރަސްމީ ގޮތުން އިލެކްޝަން ކޮމިޝަން މެދުވެރިކޮށް އެމީހުންނަށް (ބީޖޭޕީ އަށް) އަޅުގަނޑުމެން ބަލިކުރެވިދާނެ، އެކަމަކު މޯރަލީ މި އިންތިޚާބު ކާމިޔާބުކުރީ އަޅުގަނޑުމެން" ނޫސް ބްރީފިންގެއްގައި މަމްތާ ވިދާޅުވިއެވެ.

މަމްތާ ވިދާޅުވީ ގާތްގަނޑަކަށް 100 ގޮނޑި ޓީއެމްސީ އަތުން "ގަދަކަމުން ފޭރިގެންފައިވާ" ކަމަށާއި، އިލެކްޝަން ކޮމިޝަން "ވަކި ފަރާތަކަށް ޖެހިފައިވާ" ކަމަށެވެ. ނަމަވެސް މި ތުހުމަތުތަކަށް ހެކި ހުށަހަޅުއްވައިފައެއް ނުވެއެވެ.

ވެސްޓް ބެންގާލްގެ ޗީފް އިލެކްޓޯރަލް އޮފިސަރު މަނޯޖް ކުމާރު އަގަރްވާލް ވަނީ މި ތުހުމަތުތަކަކީ "އެއްވެސް އަސާސެއް ނެތް" ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ޤާނޫނު އަސާސީ ބުނާ ގޮތުން ސްޓޭޓްގެ ގަވަރުނަރަށް މަމްތާ އިސްތިއުފާ އަށް އެދެވިދާނެއެވެ. ނުވަތަ ދައުރު ހަމަވަންދެން މަޑުކުރެއްވިދާނެއެވެ. ބެނަރޖީގެ ދައުރު ބުރާސްފަތި ދުވަހު ހަމަވާނެއެވެ.

އިންތިޚާބުގެ ނަތީޖާ ހިފައިގެން ކޯޓަށް ދާނެ ކަމަށް މަމްތާ ވިދާޅެއް ނުވެއެވެ. މޯދީ އާއި ހޯމް މިނިސްޓަރު އަމިތް ޝާހް އާއި ބީޖޭޕީގެ ސީނިއާ ލީޑަރުން ވެސްޓް ބެންގާލްގައި ހަފުތާތަކެއް ވަންދެން ކެމްޕެއިން ކުރެއްވީ ބަންގުލަދޭޝް މީހުން ޣައިރުޤާނޫނީގޮތުން އެ ސަރަހައްދަށް ހިޖުރަ ކުރާ މައްސަލައާއި މަމްތާގެ ވެރިކަމުގައި އިޤުތިޞާދު ދަށްވި ވާހަކައިގެ މައްޗަށް ބިނާކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.