ފައްޔާޒު އާއި ރައީސް ނަޝީދު- ފޮަޓޯ/ އެމްޑީޕީ
ހަބަރު
07 May 2026 | 09:29
‏ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތް: ފައްޔާޒު

‏ފާއިތުވި މާޒީގައި ހިނގައިދިޔަ ކަންކަމުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒު މިހިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އެގޮތުން އޭނާ ވިދާޅުވީ، މަޒީގައި ހިނގައިދިޔަ ކަންކަމުގެ ސަބަބުން ހިތަށް ވީތަދުގެ ރިހުން އަދިވެސް އެބަހުރި ކަމަށެވެ.

ނަމަވެސް، މިހާރު ބޭނުންވަނީ ކުރިޔައްދެވޭނެ ގޮތެއް ކަމަށާ، ކުރިއަށްގޮސް ގައުމު އަނބުރާ ހޯދަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރެވެން އޮތީ ބޮޑު ބަދަލު ގެނެސްގެން ކަންވެސް ފާހަގަކުރެއްވިއެވެ. 

”ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތް .އެހެނަސް އެވީތަދުގެ ރިހުން އެބަހުރި، ހަނދާން އެބަހުރި. ބޭނުމީ ކުރިޔައްދެވޭނެ ގޮތެއް. ގައުމު އަނބުރާ ހޯދުން. އެކަން ކުރެވެން އަންނަނީ.“ ފައްޔާޒު ވިދާޅުވިއެވެ. 

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުހައި ފައްޔާޒު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވައި އެމަނިކުފާނުގެ ފަހަތްޕުޅުގައި އެންމެ އަރިސްކޮށް މަސައްކަތް ކުރައްވާތީ ޕާޓީގެ ބައެެއް މެންބަރުން އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. 

ޚާއްސަކޮށް ނިމިދިޔަ އެމްޑީޕީ ވެރިކަމުގެ ފަހުކޮޅުގައި އެ ޕާޓީގެ ސަރުކާރަަށް ފާޑު ވިދާޅުވެ، ޕާޓީން ކެނޑިގެން އައު ޕާޓީއެއް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ ރައީސް ނަޝީދަށްވާއިރު، އެ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވި އެއް ސަބަބަކީވެސް އެއީ ކަމަށް މެންބަރުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.