ރައީސް ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެއްސަކާއި ބައްދަލު ކުރައްވަނީ --
ހަބަރު
07 May 2026 | 14:48
ރައީސްގެ ދަތުރުފުޅާ ދިމާކޮށް ލަންކާގައި އުޅޭ ބައެއް ދިވެހީންނަށް ބިރުދެއްކި ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ތަރުޖަމާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަންކާ ކުރެއްވި ދަތުރުފުޅާ ދިމާކޮށް އެ ގައުމުގައި އުޅޭ ބައެއް ދިވެހީންނަށް ލަންކާގެ ފުލުހުން މެދުވެރިކޮށް ބިރުދެއްކި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމުގައި ސަރުކާރުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.

ތަރުޖަމާން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. މުންދު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. 

ރައީސް, ދިވެހީންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލްވުމަށް ނުދާން އިންޒާރުދީ ބައެއް ދިވެހީން ދިރިއުޅޭ ގެތަކަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދެއްކި ކަމަށް ބުނެ ބަޔަކު ދަނީ ވާހަކަ ފަތުރަމުންނެވެ. ނަމަވެސް މުންދު ވަނީ އެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާ ކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައިގެން ރަސްމީ ހައިސިއްޔަތަަކުން އެއްވެސް ބޭފުޅަކު ވަޑައިގަންނަވަން ހުރަސް އަޅުއްވަން އެއްވެސް މަސައްކަތެއް ނުކުރޭ,"

މުންދު ވިދާޅުވީ އެފަދަ ކަމެއް ހިނގާދިޔަ ކަމަށް ބުނާ ވާހަކަތަކެއްގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެކަމާއި ގުޅިގެން ސަފީރާއި ސުވާލު ކުރެއްވި ކަމަށެވެ. އެއީ ދޮގެއް ކަމުގައި ސަފީރު ވިދާޅުވި ކަމަށް މުންދު ވިދާޅުވި އެވެ. މުންދު ވަނީ ދިވެހިރައްޔިތަކާއި ބައްދަލުކުރައްވަން ރައީސް ދެކޮޅު ހައްދަވަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މި ފަހަރުގެ ދަތުރުފުޅުގެ ތެރެއިން ވެސް ތިންގަޑިއިރު ރައީސް ހޭދަކުރެއްވި ދިވެހިންނާއި ވަކިވަކީން ބައްދަލު ކުރެއްވުމަށް ކަމަށާ އެ ބައްދަލްވުމުގައި 60 އާއިލާއާ ބައްދަލު ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"ދުވަހަކު ވެސް އަޅުގަނޑު ނުދެކެން އެހެން ކަންްކުރެއްވި ވެރިއެއް," މުންދު ވިދާޅުވި އެވެ.

ރައްޔިތުންނާއި ބައްދަލުކުރެއްވުމަކީ ރައީސް އަބަދުވެސް އިސްކަން ދެއްވާ ކަމެއް ކަމަށާ މިދޔަ ދުވަސްތަކުގައި އެކަން ވަރަށް ސާފުކޮށް ފެނިފައިވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.