ފައްޔާޒް އަދި ވަހީދު
ހަބަރު
07 May 2026 | 18:15
ފައްޔަގެ ހޫނު ރައްދެއް: އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ރޯލެއް އަދާކުރި އެކަކީ ވައްޑެ

އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ރޯލެއް އަދާކުރި އެކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރި ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް (ފައްޔަ) ހޫނު ރައްދެއް ދެއްވައިފި އެވެ.
ފައްޔަ މި ރައްދު ދެއްވީ އެމްޑީޕީ ބައިބައިކުރީ ކާކުތޯ ސުވާލު ކުރައްވާ ވަހީދު ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އެ ޕޯސްޓްގައި ވަހީދު ތުހުމަތު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ވަހީދު ވަނީ ސޯލިހްގެ ސަރުކާރު އުފެދުނީ އެމްޑީޕީ މެންބަރުންގެ 95 އިންސައްތަ ހިއްސާ އޮވެގެން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ސަރުކާރުގެ 60 އިންސައްތަ ހިއްސާ ދިނީ ކޯލިޝަނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު މިހެން ވިދާޅުވިނަމަވެސް އެ ސަރުކާރު އުފެދުނީ އިތުރު ތިން ޕާޓީގެ ބައިވެރިވުން އޮވެގެންނެވެ. އަދި ސަރުކާރުގެ ބޮޑު ހިއްސާއެއް ވެސް އޮތީ އެމްޑީޕީއަށެވެ.

އޭނާގެ ވާހަކަތަކަށް ރައްދު ދީ ރައީސް ސޯލިހްގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ރޯލެއް އަދާކުރި އެކަކީ ވަހީދު ކަމަށް ވިދާޅުވެ ރައްދު ދެއްވާފަ އެވެ.

“އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ރޯލެއް އަދާކުރި އެއް ފަރުދެއް ވައްޑެ ތިއީ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ރައްދު ދެއްވިތަނާ ވަހީދު ވަނީ އެ ޕޯސްޓް ޑިލީޓް ކޮށްލާފަ އެވެ.

މި ދެ ބޭފުޅުންނަކީ ވެސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ދެ ބޭފުޅުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.