އއ. ރަސްދޫ ބަނދަރު -- ފޮޓޯ/ ރަސްދޫ ކައުންސިލް
ހަބަރު
12 May 2026 | 10:30
ރަސްދޫ މާރާމާރީ: ދަރިފުޅުގެ ޒަޚަމްތައް ފެނި ލިބުނު ޝޮކުގައި ހާލުދެރަވެ، މަންމަ ނިޔާވެއްޖެ

އއ. ރަސްދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޗައިނާގެ މީހަކު އެ ރަށުގެ ޒުވާނަކަށް ހަމަލާ ދީ ޒަޚަމްކޮށްލާފައި އޮތް މަންޒަރު ފެނި، ޙާލު ދެރަވި އެ ޒުވާނާގެ މަންމަ މިއަދު ނިޔާވެއްޖެއެވެ. 

ރަސްދޫއިން ވޮއިސް އަށް މައުލޫމާތު ދިން މީހަކު ބުނިގޮތުން، ޒުވާނާއަށް  ހަމަލާދިނީ، އެ ރަށުގައި ގެސްޓްހައުސްއެއްގައި އުޅޭ ޗައިނާގެ މީހެކެވެ.

އަދި އެ ފިރިހެން މީހާއަށް ހަމަލާދިނީ ދަގަނޑުބުރިއަކުން ބޮލުގައި ޖަހައިގެން ކަމަށާަ، ޖެހުމުގެ ސަބަބުން ބޯ ފަޅައިގެންގޮސް ވަރަށް ގިނައިން ލޭ އައި ކަމަށްވެސް އޭނާ ބުންޏެވެ.

އަދި ޒުވާނާގެ މަންމައަށް އޭނާ ފެނުނީ ފަރުވާއަޭް ހޮސްޕިޓަލަށް ގެންދަނިކޮށް ކަމަށާ، އަނިޔާތައް ފެނި ޒުވާނާގެ މަންމައަށް ލިބުނު ޝޮކުގައި ހޭނެތިގެން ވެއްޓި ވަރަށް ހާލު ދެރަވި ކަމަށް ރަސްދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. 

އަދި އަންހެން މީހާއަށް ރަސްދޫގައި ފަރުވާ ދިނުމަށްފަހު، އެމެޖެންސީގައި މާލެ ގެނެސް ފަރުވާ ދެމުން ދިޔައީވެސް ވެންޓިލޭޓަރުގައި ކަމަށާ، ނިޔާވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އެ އެމީހާ ބުންޏެވެ. 

ނިޔާވި އަންހެން މީހާއަކީ އުމުރުން ގާތްގަނޑަކަށް 69 އަހަރުގެ މީހެކެވެ. 

އޭނާގެ ދަރިފުޅުގެ ހާލު މިހާރު ރަނގަޅު ކަމަށާ އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުން ޑިސްޗާޖުވެސް ކޮށްލާފައިވާ ކަމަށް ވޮއިސްއާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ޗައިނާގެ ފިރިހެން މީހާ ލ އެ ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.