ރައީސް ނަޝީދު، ޔާމީން އަދި ޞާލިޙް-
ހަބަރު
14 May 2026 | 22:44
ތާރީހީ ކަމެއް: ތިން ރައީސުންގެ ބައްދަލްވުން މާދަމާ ރޭ

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި ރައީސް ނަޝީދާއި ރައީސް ސޯލިހް ބައްދަލްވުން މާދާމާ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

އެކަން ޔާމީންގެ ޕީއެންއެފުން ވަނީ ޔަގީންކޮށްދީފަ އެވެ. ތިން ރައީސުންގެ ބައްދަލްވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާ އެ ބައްދަލްވުން މާދަމާ ރޭ އޮންނާނެ ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ކުރީގެ ރައީސް ޔާމީން ވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހާއެކު މަޝްވަރާކުރައްވާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ތިން ރައީސުންގެ މަޝްވަރާތަކެއް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިއަދު ވަނީ ހާމަކޮށްފަ އެވެ. އެމްޑީޕީގައި ދެ ރައީސުންގެ މެދުގައި ބޮޑު ނުތަނަވަސް ކަމެއް އޮތް ނަަމަވެސް ސަރުކާރާ ދެކޮޅަށް ކުރެވޭ މަސައްކަތެއްގައި ދެ ރައީސުން ވެސް ބައިވެރިވާނެ އެވެ.

މި ބައްދަލްވުމާއި ގުޅޭގޮތުން ކުރީގެ ދެ ރައީސުންގެ ފަރާތްޕުޅުން ރަސްމީކޮށް އަދި މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

ތިން ރައީސުން އެކުގައި ބައްދަލުކުރުން ވެގެންދާނީ ވަރަށް ތާރީހީ ކަމަކަށެވެ. އެއީ މި ތިން ބޭފުޅުން އެކުގައި ބައްދަލު ކުރައްވާފައިނުވާތާ އެ އަހަރުތަކެއް ވެެއްޖެ އެވެ. އަނެއްކޮޅުން މިއީ ވަރަށް ވާދަވެރި ތިން ބޭފުޅުންނެވެ. ތިން ބޭފުޅުންގެ ވެރިކަމުގައި ދެން ތިއްބެވި ބޭފުޅުން ހައްޔަރުކޮށް ޖަލުގައި ބަންދުކުރައްވާފަައިވެ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމީން އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު އަދި ރައީސް ސޯލިހްގެ ވެރިކަމުގައި ރައީސް ޔާމީން ހައްޔަރު ކުރެއްވި އެވެ.

ނަޝީދުގެ ވެރިކަމުގައި ޔާމީން ހައްޔަރުކޮށް އާރަށުގައި ބަންދުކުރެެއްވި އެވެ. އަދި ޔާމީންގެ ވެރިކަމުގައި ނަޝީދަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާ ޖަލުގައި ބަންދު ކުރެއްވި އެވެ. ރައީސް ސޯލިހްގެ ވެރިކަމުގެ ބޮޑުބައިގައި ޔާމީން އޮންނެވީ ޖަލުގަ އެވެ.

ކޮމެންޓް
އަލިބެ
ހުސް ފެއިލްވެފަ، ރައްޔިތުން ނޯ ޖަހާފަތިބި މީހުންނެވެ. ދިވެހިން ނޫނެކޭ ބުނީ ކަމުނުދާތީއެވެ. އެމީހުން އުބަކަށް ނުޖަހާނެއެވެ.
15 May 2026
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.