އިޓަލީ ފަތުރުވެރިން ހޯދުމަށް ތައްޔާރުވަނީ
ރިޕޯޓް
20 May 2026 | 13:49
އިޓަލީގެ ފަސް ޑައިވަރުން ރާއްޖޭގައި މަރުވުން: އިޓަލީ މީޑިއާތަކުން ރާއްޖެއާ މެދު ބުނީ ކީކޭ؟

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައެއްގައި އިޓަލީގެ ފަސް ޑައިވަރަކު މެއި 14 ވަނަ ދުވަހު މަރުވި ހާދިސާއާ ގުޅިގެން އިޓަލީގެ ބޮޑެތި މީޑިއާތަކުން ގެނެސްދީފައިވާ ޚަބަރުތަކުގައި ރާއްޖޭގެ ޑައިވިން ސޭފްޓީ ރެގިއުލޭޝަންތަކާއި ޓުއާ އޮޕަރޭޓަރުގެ ޒިންމާއާ މެދު ސީރިއަސް ސުވާލުތައް ވަނީ އުފެދިފައެވެ.

މަރުވީ ޖެނީވާ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސާ މޮނިކާ މޮންޓެފެލްކޯނީ އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމާކެލް އާއި މެރިން ބައޮލޮޖިސްޓް ފެޑެރީކޯ ގުއަލްޓިއޭރީ އާއި ރިސާޗަރު މުރިއެލް އޮޑެނީނޯ އާއި ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ އެވެ.

ކޮރިއޭރޭ ޑެއްލާ ސޭރާ: ޓުއާ އޮޕަރޭޓަރު ޒިންމާ ނެގުމުން ދުރަށް

އިޓަލީގެ ނޫސް ކޮރިއޭރޭ ޑެއްލާ ސޭރާ އަށް ދިން އިންޓަވިއުއެއްގައި ދަތުރު އިންތިޒާމުކުރި އެލްބެޓްރޯސް ޓޮޕް ބޯޓުގެ ޤާނޫނީ ވަކީލު އޮރިއޭއްޓާ ސްޓޭއްލާ ބުނީ 30 މީޓަރަށް ވުރެ ފުނަށް ޑައިވް ކުރާކަން އެ ކުންފުންޏަށް ނޭނގޭ ކަމަށާއި އެކަން ހުއްދަވެސް ނުކުރާނެ ކަމަށެވެ.

އިޓަލީ ފަތުރުވެރިން ދަތުރުކުރި ޑިއުކް އޮފް ޔޯކް- ފޮޓޯ: ލިވަބޯޓް

ވަކީލު ބުނި ގޮތުގައި ޑައިވަރުން ބޭނުންކުރީ ޢާންމު ރެކްރިއޭޝަނަލް ޑައިވިން ސާމާނެވެ. ޑީޕް ކޭވް ޑައިވިންއަށް ބޭނުންވާ ޚާއްޞަ އިކުއިޕްމެންޓެއް ނޫނެވެ. އަދި އެލްބެޓްރޯސް އިން ކުރިކަމަކީ ދަތުރު މާކެޓް ކުރުމެވެ. ބޯޓުގެ މިލްކުވެރިކަމާއި، ފަޅުވެރިންނަށް ވަޒީފާ ދިނުން އެމީހުންނާ ގުޅުމެއް ނެތް ކަމަށް ސާފުކޮށްދިނެވެ.

ލާ ރޭޕއްބްލިކާ: ފިރިމީހާގެ ބަސް

އިޓަލީގެ ބޮޑު އެއް ނޫސްކަމަށްވާ ލާ ރޭޕއްބްލިކާ އަށް ދިން އިންޓަވިއުއެއްގައި މޮންޓެފެލްކނީގެ ފިރިމީހާ ކާލ ސޮމާކެލް ބުނީ އޭނާގެ އަންހެނުން ގާތްގަނޑަކަށް 5000 ޑައިވް ކޮށްފައިވާ ކަމަށާއި ދަރިފުޅު ނުވަތަ އެހެން ކުދިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ކަމެއް ދުވަހަކުވެސް ނުކުރާނެ ކަމަށެވެ. 

"އެތާ (ކަނޑުގެ) އަޑީގައި ކޮންމެވެސް ކަމެއް ވެފައި ވާނެ" 

އިޓަލީގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އިޓަލީ ޑޮކްޓަރުންގެ ތިއޯރީތައް: ޓޭންކުގެ މައްސަލައެއް؟

ވޭރނާ ޔުނިވާސިޓީ ހޮސްޕިޓަލުގެ ޕަލްމޮނޯލޮޖީ ޑިރެކްޓަރު ކްލައުޑިއް މިކޭލޭޓް އިޓަލީ ނޫސް އޭޖެންސީ އެޑްކްރޯނޯސް އަށް ކިޔައިދިން  ގޮތުގައި ފަސް ޑައިވަރުންގެ ތެރެއިން އެއް ޑައިވަރު މަރުވުމުން ދޭހަ ކޮށްދެނީ ފުންމިނުގެ މައްސަލައެއް ނޫން ކަމަށާއި ބޭނުންކުރި ގޭހުގެ މައްސަލައެއް ކަމަށެވެ. އިޓާލިއަން ސޯސައިޓި އޮފް އަންޑާވޯޓާ އެންޑް ހައިޕާބެރިކް މެޑިސިންގެ ރައީސް އެލްފޯންސޯ ބޯލޯނީނީ ބުނީ "ނާޒކް ގޭސް މިކްސްޗާ" އެއްގެ ސަބަބުން "ހައިޕަރކްސިކް ކްރައިސިސް" އެއް ކުރިމަތިވެފައި ވެދާނޭ ކަމަށާއި 50 މީޓަރު ފުނުގައި ހޮހޮޅައެއްގެ ތެރޭގައި ޕެނިކް އެޓޭކެއްގެވެސް ނުރައްކާތެރިކަން ބޮޑުކަމަށެވެ.

ދެ ޓުއަރިސްޓުންގެ ހަށިގަނޑު މާލެ ގެނައުން- ފޮޓޯ: ކޮރިއޭރޭ ޑެއްލާ ސޭރާ

ނަމަވެސް މަރުގެ ސީދާ ސަބަބެއް ރަސްމީ ފަރާތަކުން ހާމައެއް ނުކުރެއެވެ؛ އިޓަލީ ނޫސްތަކުގައި ހުރީ ތަޖުރިބާކާރުން ހުށަހެޅި ތިއޯރީތަކާއި ހިޔާލުތަކެވެ.

ރާއްޖޭއާއި އިޓަލީގެ ޚާއްޞަ ގުޅުމާ މެދު

ސީއެންއެން ފަދަ ބައިނަލްއަޤުވާމީ މީޑިއާތަކުގައި ވެސް ފާހަގަކުރި ގޮތުގައި އިޓަލީގެ ޑައިވިން ޓުއާ އޮޕަރޭޓަރު ޖޯޖް ކޯބިންއަކީ 1972 ގައި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކުރި ފަރާތް ކަމަށް ބެލެވޭކަމަށެވެ. އޭގެ ފަހުން އިޓަލީ ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ފަތުރުވެރިކަމުގެ މާކެޓްތަކުގެ ތެރޭގައިއެވެ. 

"މިއީ ހަމައެކަނި މި ޤައުމުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޑައިވިން އެކްސިޑެންޓް ވީމައެއް ނޫން ހިތާމަކުރަނީ، އެ މީހުންނަކީ އިޓަލީ މީހުން ވީމާ ވެސް ދިވެހިން ވަނީ ވަރަށް ހިތާމަކޮށްފައި" 

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް 

ރާއްޖެ ސަރުކާރުގެ ފިޔަވަޅުތައް

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޑިއުކް އޮފް ޔޯކް ބޯޓުގެ ލައިސެންސް ވަނީ ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފައެވެ. ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ރާއްޖޭގެ ޤާނޫނުން ރެކްރިއޭޝަނަލް އަދި ކޮމާޝަލް ޑައިވިންގައި 30 މީޓަރަށް ވުރެ ފުނަށް ދިޔުން މަނާ ކަމަށާއި މި ޑައިވް ކޮށްފައިވަނީ އެއަށް ވުރެ މާ ފުނުގައި ކަމަށެވެ. ޑައިވިން ތަޖުރިބާކާރުން ފާހަގަކުރި ގޮތުގައި ރާއްޖެއަކީ ރެކްރިއޭޝަނަލް ޑައިވިންއަށް ދުނިޔޭގެ އެންމެ ރައްކާތެރި މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ؛ މި ހާދިސާ ހިނގީ ޓެކްނިކަލް ކޭވް ޑައިވެއްގައެވެ، ޢާންމު ޓުރިސްޓް ޑައިވެއްގައެއް ނޫނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.