އެމްއެފްޑީއޭ-
ހަބަރު
21 May 2026 | 11:12
މަނާ 21 ބޭހެއްގެ ލިސްޓް އާއްމުކޮށް، އެ ބޭނުންކުރާ ފަރާތްތަކަށް އެމްއެފްޑީއޭގެ އިންޒާރު: "ހީވެސް ނުކުރާފަދަ ބޮޑު ސިއްޙީ ނުރައްކަލެއް ކުރިމަތިވެދާނެ"

ރާއްޖެއަށް ހުއްދަނެތި ބޭސް އެތެރެކޮށް، އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި ވިއްކަމުންދާ މައްސަލާގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަންބޮޑުވުން ފާޅުކޮށް، އިންޒާރު ދީފިއެވެ.

ސިއްޙަތާއި އާއިލާއާއި އިޖްތިމާއީ ރައްކާތެރިކަމާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އެމްއެފްޑީއޭ އިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބޭހާބެހޭ ޤަވާއިދާއި ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ އެ އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެތެރެކުރާ ބޭހަކީ އެ އޮތޯރިޓީގެ 'އެޕްރޫވްޑް ޑްރަގް ލިސްޓް' ގައި ހިމެނޭ ބޭހަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ތަފާތު ވައްތަރުގެ ބޭސްތައް ރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ވިއްކާ ކަމަށް ފާހަގަވީ 21 ބާވަތެއްގެ ބޭހުގެ ލިސްޓެއްވެސް އެ އޮތޯރިޓީން ވަނީ އާންމުކޮށްފައެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި، މިގޮތަށް އެތެރެކުރާ ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ ތަކެއްޗެއް ނޫނެވެ. އަދި އެއީ އޭގެ ފެންވަރާއި ރައްކާތެރިކަން ބަލާފައި ނުވާ ތަކެތި ކަމަށްވާތީ، އެފަދަ ބޭސް ބޭނުންކުރުމުން "ހީވެސް ނުކުރާފަދަ ބޮޑެތި ސިއްޙީ ނުރައްކަލަކާ" ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އެމްއެފްޑީއޭގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ހުއްދަނެތި ބޭސް އެތެރެކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ އޮންލައިން ޕޭޖުތަކާއި ފިހާރަތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ އޮތޯރިޓީގެ މެޑިސިން ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.