ޕީއެންއެފްގެ ޖަލްސާއެއްގެ ތެރެއިން..
ހަބަރު
21 May 2026 | 16:45
އިދިކޮޅު ތިން ރައީސުންގެ ނިންމުންތައް ތަންފީޒުކުރުމަށް އެއްބާރުލުންދޭން ޕީއެންއެފުން ނިންމައިފި

އިދިކޮޅު ތިން ރައީސުންގެ ނިންމުންތައް ތަންފީޒުކުރުމަށް އެއްބާރުލުންދޭން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓުން ނިންމައިފިއެވެ.

ޕީއެންއެފުން މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ ސެނެޓްގެ ތިންވަނަ ބައްދަލުވުމުގައެވެ. މި ނިންމުން ފާސްވީ ސެނެޓްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މިކަމާ ގުޅިގެން ޕީއެންއެފުން ނެރުނު ބަޔާނުގައި ބުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އެކުގައި ފައްޓަވާފައިވާ މަސައްކަތްތަކަށް އެއްބާރުލުން ދޭން ނިންމީ އަދުގެ ސަރުކާރުގެ އަމަލުތައް ހުރިގޮތުން ކަމަށެވެ. 

ޕީއެންއެފުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ދައުލަތުގެ އެންމެހާ ބާރުތައް ފެށި އަދި ދެމި އޮންނާނީވެސް، ރައްޔިތުންގެ ކިބައިގައިކަށް ބަޔާންކޮށްފައިވާއިރު ދައުލަތް ހިންގުމުގެ ދުސްތޫރީ އޮނިގަނޑުން ބޭރުން ސަރުކާރުން ކަންކަން ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޝަރުއީ ނިޒާމަށް ވެރިކަމުގެ ބާރުން ބާރު ފޯރުވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ" ބާރު ކަނޑުވާލައި ފަނޑިޔާރުގެއާއި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން، ގެއްލުވާލައި ދައުލަތުގެ ބާރުތަކުގެ މައްޗަށް އޮތް ފާރަވެރިވުމުގެ ނިޒާމު ހަލާކުކޮށްލަމުންދާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށް ހެޔޮވެރިކަމުގެ ނިޒާމު ހީނަރުކޮށް،" ޚުދުމުޚުތާރު، އަނިޔާވެރި، ވެރިކަމަކަށް" "ރާއްޖޭގެ މިސްރާބު ބަދަލުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ޤާނޫނުތަކުން، ދިވެހި ރައްޔިތުންނަށް، ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް ރައީސް ޑރ. މުހައްމަދު "މުއިއްޒުގެ" ސަރުކާރުން ފާޅުކަންބޮޑު ގޮތެއްގަ އަރައިގަނެ،، އެ ޙައްޤުތަކުގެ، ޙުރުމަތް "ނަގާލާފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.
15 Sep 2026
ޕީއެންސީން ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި
ޒިންމާދާރުކަން ކުޑަ ޢަމަލުތަކުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، ޤައުމު އިސްކުރުމަށް ގޮވައިލައްވައިފިއެވެ.
15 Sep 2026
ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައެއް ނޫން
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެމަނިކުފާނު ފަނޑިޔާރުންނަށާއި ސިޔާސީންނަށް އަނިޔާވެރިވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
15 Sep 2026
މައިކްރޯސޮފްޓަށް ބަރޯސާވުން ކުޑަކުރުމަށް ސްވިޒަލޭންޑުގައި މަޝްރޫޢެއް
ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، ޑިޖިޓަލް މިނިވަންކަން (ޑިޖިޓަލް ސޮވަރިންޓީ) ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގައި އޯޕަން ސޯސް ސޮފްޓްވެއާ ބޭނުންކުރުމަށް ސްވިޒަލޭންޑް ސަރުކާރުން 11 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (9 މިލިއަން ސްވިސް ފްރޭންކް) ޚަރަދުކުރުމަށް ފާސްކޮށްފިއެވެ.